ގާނޫނީ ރަދީފު
"ސިޓީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށެއް ނުވަތަ އިދާރީ ދާއިރާއަކަށެވެ.
"ސިޓީ" ކަމަށް ބުނެފައި އެވަނީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ނުވަތަ ސަރަހައްދެއް ކަމަށް ސަރުކާރުން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކަށެވެ.
"ސިޔާސީ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ސިޔާސީ ޕާޓީއަކުން ހިންގާ އެއްވެސް ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމާއި، އެހީތެރިވުމާއި، ސިޔާސީ މީހަކު ނުވަތަ އެނޫންވެސް މީހަކު ހިންގާ ސިޔާސީ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމާއި، އެހީތެރިވުމާއި، ސިޔާސީ ޕާޓީއަކުން ނުވަތަ އެއްވެސް ފަރާތަކުން ސޯށަލްމީޑިޔާގައި ނުވަތަ ޕްރިންޓް މީޑިޔާގައި ލިޔާ ލިޔުންތަކަށާއި ށާއިއުކުރާ ޕޮޓޯތަކަށް ކޮމެންޓް ކުރުމާއި ލައިކްދިނުމާއި ރީޕޯސްޓް ކުރުންފަދަ ކަންކަމަށެވެ.
"ސިޔާސީ ހަރަކާތް" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ނުވަތަ ޢަމަލެއްގައި ބައިވެރި ވުމަށެވެ.
(ހ) އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން.
(ށ) އެއްވެސް ސިޔާސީ ފަރާތަކާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އެއްވެސް އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެގޮތުން ނުވަތަ އެއްވެސް ކެންޑިޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއްކުރުން.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކަށް ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލުމާއި، ކެންޑިޑޭޓަކަށް ވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއްކުރުން.
"ސިޔާސީ ނުފޫޒު" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އެދުމަކަށް ނުވަތަ މަސްލަހަތަކަށްޓަކައި އެއްވެސް ކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުމަށެވެ.
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތެއް.
(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބުކުރެވޭ އެއްވެސް މަގާމެއްގައި ހުރިފަރާތެއް.
(ނ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމާޢަތެއް.
"ސިޔާސީ ޕާޓީ" ނުވަތަ "ޕާޓީ" ކަމުގައި ބުނެފައި އެވަނ،ީ ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.
ސިޔާސީ ޕާޓީ ނުވަތަ "ޕާޓީ" ކަމުގައި ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.
"ސިިނާއާީ މަސައްކަތް ކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް މަސައްކަތްކުރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ ރަށްތަކާއި، ދަނޑުވެރިކަމުގެ މަސައްކަތާއި މަސްކައްކާ ކާރުހާާނާތަކާއި، އޮޑިދޯނިފަހަރު ބަންނަ ތަންތަނަށެވެ.
"ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2015-13 (ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތެރިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކައުންސިލްތަކުގައި ރަޖިސްޓަރީ ކޮށްފައިވާ ސިިއްހީީ ހިދުމަތްތެރީންނަށެވެ.
"ސިިއްހީީ ހިދުމަތް ދިނުމާ ގުޅިގެން އުފެދޭ ކުނި" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދިނުމާ ގުޅިގެން އުފެދޭ ތަކެތި (ބަލިމީހާގެ ހަށިގަނޑުގެ އެއްވެސް ބައެއްގައި ޖައްސައިފައިވާ ކަފަ، ފޮތި، ޕްލާސްޓިކް ނުވަތަ ފިލައިން ހަދައިފައިވާ ތަކެއްޗާއި، އިންޖެކްށަން ޖަހާ ސިރިންޖާއި، ކަށްޓާއި، މިނޫންވެސް ތޫނު ތަކެތި) ހިމެނޭގޮތުން ހިދުމަތް ދިނުމުގައި އިންސާނާގެ ހަށިގަނޑުން އުފެދޭ ނުވަތަ ނަގާ އެއްޗެއް، ނުވަތަ އެއްޗެއްގެ ބައެއް ނުވަތަ ދިޔައެއް، އަދި މިނޫންވެސް ސިިއްހީީ ހިދުމަތް ދިނުމުގައި ބަލިމީހާގެ ޖަރާސީމުން ތަޣައްޔަރުވެފައިވާ ކޮންމެ އެއްޗަކަށެވެ.