-

ސިގްނިފިކަންޓް ބެނެފިށަލް އޯނަރ (ކުންފުންޏާއި ގުޅޭ)

"ސިގްނިފިކަންޓް ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަށް ލިބިގެންވާ ކޮންމެ ފަރުދަކަށެވެ. އެއީ، އެ ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަކަށް ލިބިގެންވަނީ، އެ މީހަކު އެކަނި ނަމަވެސް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުގައި ނަމަވެސް ނުވަތަ ޓްރަސްޓެއް މެދުވެރިވެގެން ނަމަވެސް މެއެވެ.

  1. މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ހިއްސާ، ސީދާކޮށް ނުވަތަ ނުސީދާކޮށް މިލްކުކުރާ ހިއްސާއާއެކު އޮތުން؛
  2. ކުންފުނީގެ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުން؛
  3. މާލީ އެއްވެސް އަހަރެއްގައި، ކުންފުނިން ބަހާ ޑިވިޑެންޑުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ނުސީދާކޮށް ނުވަތަ ސީދާކޮށް ލިބިގެންވާ ހައްގާއެކު ލިބިގަތުމުގެ ހައްގު ލިބިގެންވުން؛
  4. ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހައިސިއްޔަތުން އެކަނި ނޫން ގޮތަކަށ،ް ކުންފުނީގައި ސިގްނިފިކަންޓް އިންފްލުއެންސް ނުވަތަ ކޮންޓްރޯލް ބޭނުންކުރުމުގެ ހައްގު ލިބިގެންވުން ނުވަތަ ބޭނުންކުރުން.