ގާނޫނީ ރަދީފު
"ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-03) ގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ނެރޭ އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރަށެވެ.
- ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ އޭނާ ދިރިއުޅެމުންއައި ގެ، އެފަދަ ގެއަކީ އޭނާއަށް ގާނޫނީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން އެއްވެސް މިލްކުވެރިކަމެއްއޮތް ގެއެއްކަމުގައި ނުވިނަމަވެސް، އެގެއަކުން އޭނާ ނެރެލުން، ނުވަތަ އޭނާއަށް އުދަގޫވާ ޒާތުގެ ކަންތައްތަކާއި، އޭނާ އެގޭގައި ދިރިއުޅުމަށް ދަތިވާފަދަ ކަންކަންކުރުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް މަނާކޮށް ކޯޓުން ކުރާ އަމުރު؛
- އެކުގައި ދިރިއުޅެމުން އައި ގެއަކުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުކުތުމަށް އަންގައި ކޯޓުން ކުރާ އަމުރު؛
- ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ބަޔަށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުވަތަ އެމީހާގެ ތިމާގެ މީހުން ވަނުން މަނާކޮށް ކޯޓުން ކުރާ އަމުރު؛
- ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ އެގެއެއް ވިއްކާލުން ނުވަތަ މިލްކުވެރިކަމަށް އުނިކަމެއް އަތުވެދާނެ އެންމެހައި ކަންކަން މަނާކޮށް ކޯޓުން ކުރާ އަމުރު؛
- ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއަކުން އޭނާއަށް ލިބެންއޮތް ބައެއް ކޯޓުގެ ހުއްދައާ ނުލާ ދޫކޮށްލުން ހުއްޓުވުމަށް ކޯޓުން ކުރާ އަމުރު.
"ދިރުން" ކަމަށް ބުނެފައި އެވަނީ، ފުރާނަ ހުންނަ ހާލަތުގައިވާ ދިރޭ އެއްޗެހީގެ ވައްތަރުތަކަށާއި، އެ ވައްތަރުތައް ކަޑައްތުކުރާ އެންމެހައި މަރުހަލާތަކަށެވެ.
"ދިރުވައި އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދިރުމެއްގެ އާބާދީ މަދުވުމުގެ ސަބަބުން، އެ ތަކެތީގެ އާބާދީ އިތުރުކުރުމަށް ޓަކައި ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން އެ ތަކެތި ގެންގުޅުމަށެވެ.
"ދިރޭ ތަކެތި" ނުވަތަ "ދިރޭ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ގަސްގަހާގެއްސާއި ޖަނަވާރަށާއި އެނޫންވެސް އެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ދިރޭ ތަކެއްޗަށެވެ.
"ދިރޭ ޖަނަވާރު" ކަމުގައި ބުނެފައިއެވަނީ އެއްގަމުގައިވިޔަސް ނުވަތަ ކަނޑުގައި ނުވަތަ ފެނުގައިވިޔަސް އުޅޭ ހުރިހާ ވައްތަރެއްގެ ނުވަތަ ހުރިހާ ބާވަތެއްގެ ދިރުންހުރި ޖަނަވާރުކަތަށެވެ.
ދިރޭއެއްޗެހި ނުވަތަ "ދިރޭތަކެތި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ގަސްގަހާގެއްސާއި ޖަނަވާރަށާއި އެނޫންވެސް އެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ދިރޭތަކެއްޗަށެވެ.
"ދިރޭމަސް ނުވަތަ ދިރޭ ފާނަ ގެންގުޅުން" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ގާނޫނު ހިންގާ ސަރަހައްދުން ބާނައިގެން ނުވަތަ ހިފައިގެން ނުވަތަ ނަގައިގެން އެކުސްޕޯރޓުކުރުމުގެ ބޭނުމުގައި ނުވަތަ އެކުސްޕޯރޓުކުރާ ފަރާތަކަށް ވިއްކުމުގެ ބޭނުމުގައި ނުވަތަ ރިސޯޓުތަކަށް ވިއްކުމުގެ ބޭނުމުގައި ކޮށީގައި ނުވަތަ ޓޭންކުގައި ނުވަތަ އުޅަނދުފަހަރުގައި ދިރުވައިގެން މަސްގެންގުޅުމަށެވެ.
"ދިރޭތަކެތި" ކަމަށް ބުނެފައިވަނީ ދިރޭތަކެއްޗަކީ، ދިރުންހުރި ހުރިހާ ބާވަތްތަކެވެ.
"ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ކާކުކަން އަންގައިދިނުމުގެ ގޮތުން ޑިޕާޓްމަންޓުން ދޫކުރާ ކާޑުގެ ނަންބަރަށެވެ.