ގާނޫނީ ރަދީފު
"ޕަބްލިކް ސަރވިސް މުވައްޒިފުން" ކަމަށް ވުނެފައި އެ ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އެ ތަންތާގެ މަސައްކަތް ކުރުމަށްޓަކައި އެ މުއައްސަސާއިން ވަޒީފާ ދޭ މީހުންނަށެވެ.
"ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕ.ީޕ.ީޕީ) ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި ހިދުމަތްދޭ އަމިއްލަ ފަރާތްތަކާ ދެމެދު ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި އެއްބަސްވެވިފައިވާ އަގެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކަށެވެ.
"ޕަބްލިކްސަރވިސް ބްރޯޑްކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ ފަރާތުން އުފެދިފައިވާ، ރައްޔިތުންގެ ފައިސާއިން ހިނގަމުންދާ، ރައްޔިތުންނަށް ޖަވާބުދާރީވާ، ނުފޫޒުން އެއްކިބާވެ، ވިޔަފާރީގެ ފައިދާގެ މައްޗަށް ބުރަނުވެ ، މުޅި އާބާދީއަށް އަމާޒުކޮށްގެން ދޭ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަށެވެ.
"ޕައިލެޓް ސެންސަސް" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމުގެ އަސްލު ހަރަކާތުގެ ކުރިން ބޯހިމެނުމުގެ ހުރިހާ މަރުހަލާތަކެއް ކުރިޔަށްދާނެ ގޮތް ދެނެގަތުމަށް ހިންގާ ހަރަކާތަށެވެ.
"ޕާކިންގ އޭރިއާ" ނުވަތަ "ޕާކިންގ ޖާގަ" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ޕާކުކުރުމަށް ޓަކައި ކަނޑައަޅާ ޖާގައަށް ނުވަތަ ލިބެންހުރި ޖާގައަށެވެ.
"ޕާކިންގ ޖާގަ" ނުވަތަ "ޕާކިންގ އޭރިއާ" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ޕާކުކުރުމަށް ޓަކައި ކަނޑައަޅާ ޖާގައަށް ނުވަތަ ލިބެންހުރި ޖާގައަށެވެ.
"ޕާކުކުރުން" ކަމަށް ބުނެފައި އެވަނީ، ތަނެއްގައި ނުވަތަ ސަރަހައްދެއްގައި، އެ އުޅަނދު ދުއްވާ މީހާ ނެތި އުޅަނދު ބާއްވައިފައި އޮންނަ އޮތުމަށާއި، ބަހައްޓައިފައި ހުންނަ ހުރުމަށެވެ.
"ޕާސްޕޯޓު ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއް މެދުވެރިކޮށް، އެ މީހަކަށް ބައިނަލްއަގްވާމީ ދަތުރުފަތުރުކުރުން ހުއްޓުވުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރަށެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ މާނައިގެ ތެރޭގައި، އޭގެ ޒާތުގައި ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ރަސްމީ ލިޔުމެއް ހިފަހައްޓައިފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމެއް ނުހިމެނެއެވެ.
"ޕާސްޕޯޓް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ރަސްމީ އިދާރާއަކުން ވަކި ފަރާތަކަށް ދޫކޮށްފައިވާ ޕާސްޕޯޓާއި ދަތުރުކުރުމަށް ސައްހަވާ އެނޫންވެސް ރަސްމީ ކޮންމެ ލިޔުމެއް ހިމެނޭގޮތުންނެވެ.