ގާނޫނީ ރަދީފު
"ޕްރެކްޓިކަލް ޓެސްޓް" ކަމަށް ބުނެފައި އެވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން ފަރިތަވެފައިވާ މިންވަރު ބެލުމަށް ދޭ އަމަލީ އިމްތިހާނަށެވެ.
"ޕްރެޒިޑެންށިއަލް ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީ ގަނޑުވަރުގައި ވަޒީފާ އަދާކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބުގެ ހިދުމަތުގައި ތިބޭ އެކިއެކި މުވައްޒަފުންނަށެވެ.
"ޕްރެޒިޑެންށިއަލް ސަރވިސްގެ މުވައްޒިފުން" ކަމަށް ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީ ގަނޑުވަރުގައި ވަޒީފާ އަދާކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބުގެ ހިދުމަތުގައި ތިބޭ އެކިއެކި މުވައްޒިފުންނަށެވެ.
"ޕްރޮކިއުކުރުން" ނުވަތަ "ޕްރޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނަކަށް ބޭނުންވާ މުދަލެއް ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، މަސައްކަތް ކުރުވުމަށާއި، މި ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށެވެ.
"ޕްރޮކިއުމަންޓް" ނުވަތަ "ޕްރޮކިއުކުރުން" ކަމަށް ބުނެފައި އެވަނީ، އެ ތަނަކަށް ބޭނުންވާ މުދަލެއް ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، މަސައްކަތް ކުރުވުމަށާއި، މި ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށެވެ.
"ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް (މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް) ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފެވެ.
"ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފަށެވެ.
"ޕްރޮކިއުމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕްރޮކިއުމަންޓާބެހޭ އެންމެހައި ކަންކަން ކުރުމަށާއި އެކަމާބެހޭ ލިޔުންތަކާއި ހިސާބު ބެލެހެއްޓުމަށް އެ ތަނެއްގެ އިދާރީ އޮނިގަނޑުގައި ނުވަތަ އޯގަނައިޒޭށަނަލް ސްޓްރަކްޗަރުގައި ކަނޑައަޅައިފައިވާ ފަންތިއަށެވެ.
"ޕްރޮވިށަނަލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒަކުން އެކަމަށް އެދޭއިރު އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމަ، ރިކޮގްނިށަން ޕެނަލުގެ ލަފާގެ މަތީން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އެ މަރުކަޒަކަށް ޕްރޮވިށަނަލީ ރިކޮގްނައިޒްވެފައިވާކަމުގެ ދަރަޖަ، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައަށެވެ:
- ބާ ކައުންސިލުގެ ގަވާއިދުތަކާއި، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ މިންވަރަށް އަމަލުކޮށްފައިވުން؛
- ރިކޮގްނައިޒްވުމަށް ޓަކައި ކަނޑައަޅައިފައިވާ ށަރުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ބަރޯސާވެވޭނެ ހާއްސަ ޕްލޭނެއް އޮތްކަން، ނުވަތަ އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ކޮމިޓީއާއެކު އެއްބަސްވެފައިވާ މުއްދަތުގައި އެކަން ކުރެވޭނެކަން، ބާ ކައުންސިލަށް ދައްކުވައިދިނުން؛
- ރިކޮގްނައިޒްވުމަށް އެދި ހުށަހަޅާ މަރުކަޒުން ފޯރުކޮށްދޭ ގާނޫނީ ތައުލީމު ނުވަތަ ދަރިވަރުންނަށް ފޯރުކޮށްދޭ ތަޖުރިބާގެ ފެންވަރަށް އަސަރުކުރާފަދަ ކަމެއްގެ ސަބަބުން ރިކޮގްނައިޒްކުރުމަށް ހުރަހެއް އޮތްކަމަށް ރިކޮގްނިށަން ޕެނަލުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނުވުން.
"ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް ހާސިލުކުރުމަށްފަހ،ު އަލަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ވަގުތީ ލައިސަންސަށެވެ.