ޕްރޮވިށަނަލް ރިކޮގްނިށަން
"ޕްރޮވިށަނަލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒަކުން އެކަމަށް އެދޭއިރު އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމަ، ރިކޮގްނިށަން ޕެނަލުގެ ލަފާގެ މަތީން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އެ މަރުކަޒަކަށް ޕްރޮވިށަނަލީ ރިކޮގްނައިޒްވެފައިވާކަމުގެ ދަރަޖަ، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައަށެވެ:
- ބާ ކައުންސިލުގެ ގަވާއިދުތަކާއި، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ މިންވަރަށް އަމަލުކޮށްފައިވުން؛
- ރިކޮގްނައިޒްވުމަށް ޓަކައި ކަނޑައަޅައިފައިވާ ށަރުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ބަރޯސާވެވޭނެ ހާއްސަ ޕްލޭނެއް އޮތްކަން، ނުވަތަ އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ކޮމިޓީއާއެކު އެއްބަސްވެފައިވާ މުއްދަތުގައި އެކަން ކުރެވޭނެކަން، ބާ ކައުންސިލަށް ދައްކުވައިދިނުން؛
- ރިކޮގްނައިޒްވުމަށް އެދި ހުށަހަޅާ މަރުކަޒުން ފޯރުކޮށްދޭ ގާނޫނީ ތައުލީމު ނުވަތަ ދަރިވަރުންނަށް ފޯރުކޮށްދޭ ތަޖުރިބާގެ ފެންވަރަށް އަސަރުކުރާފަދަ ކަމެއްގެ ސަބަބުން ރިކޮގްނައިޒްކުރުމަށް ހުރަހެއް އޮތްކަމަށް ރިކޮގްނިށަން ޕެނަލުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނުވުން.