ގާނޫނީ ރަދީފު
"ސަރޮގެޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ހާލަތުގައި، އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގެ ތެރެއިން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހަމައެކަނި ފަރާތަށެވެ.
"ސަބަބުވެރި ބަދަލުތައް" ނުވަތަ "ރީޒަނަބްލް އެޖަސްޓްމަންޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.
"ސަބަބުވެރި އިންސާނާ" ކަމަށް ބުނެފައި އެވަނީ، ކަންކަމުގައި ބުއްދިވެރިކޮށް ވިސްނައިގެން ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ މީހުންނަށެވެ.
"ސަބްސިޑިއަރީ ކުންފުނި" ނުވަތަ "އެހެން ކުންފުންޏެއްގެ (ހޯލްޑިންގ ކުންފުންޏެއްގެ) ސަބްސިޑިއަރީ ކުންފުންޏެއް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުނިން:
-
- އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން ކޮންޓްރޯލްކުރެވޭ ފަރާތަކަށް؛ ނުވަތަ
- އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން، މަދުވެގެން %50 (ފަންސާސް އިންސައްތަ) ވޯޓުދިނުމުގެ ކޮންޓްރޯލް އޮތް ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅާފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ޑިވިޑެންޑްގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ.
ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ ބޭނުމަށްޓަކައި (ކުންފުނި A)، އެހެން ކުންފުންޏެއްގެ (ކުންފުނި B) ގެ ސަބްސިޑިއަރީ ކުންފުންޏަކަށްވެފައ،ި ދެވަނައަށް ބުނެވުނު ކުންފުންޏަކީ (ކުންފުނި B) އެހެން ކުންފުންޏެއްގެ (ކުންފުނި C) ގެ ސަބްސިޑިއަރީ ކުންފުންޏެއްނަމަ، ފުރަތަމަ ބުނެވުނު ކުންފުންޏަކީ (ކުންފުނި A) އެންމެފަހުން ބުނެވުނު ކުންފުނީގެވެސް (ކުންފުނި C) ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މާނަކުރެވޭނެއެވެ.
"ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ހޯދާ ފަރާތްތަކަށް ލުޔެއް ފޯރުކޮށްދިނުމަށްޓަކައި ހިދުމަތުގެ އަގުން ދެވޭ ލުއިތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތުގެ ބިލު ދެއްކުމަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށެވެ.
"ސަބްސްކްރައިބަރ އައިޑެންޓިފިކޭށަން މޮޑިއުލް (ސިމްކާޑު)" ކަމުގައި ބުނެފައި އެވަނީ، މޯބައިލް ފޯނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރވިސް ޕްރޮވައިޑަރު ދޫކުރ،ާ އިލެކްޓްރޯނިކް ޗިޕް ހިމެނޭ ކާޑު ނުވަތަ އެ ބޭނުމަށް ދޫކުރާ އިލެކްޓްރޯނިކް ވަސީލަތަށެވެ.
"ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން ތަސްވީރެއް، ނުވަތަ ލިޔުމެއް، ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.
"ސައިންއޮން އަދި ސައިންއޮފް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ހުއްދަޔާއެކު ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ ދަފުތަރުގައި މީހުން ޖެއްސުމާއި ދަފުތަރުން މީހުން އުނިކުރުމަށެވެ.
"ސައިންއޮން އަދި ސައިންއޮފް" ކަމަށް ބަޔާންކޮށްފައި އެވަނީ ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ހުއްދައާއެކު ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ ދަފުތަރުގައި މީހުން ޖެއްސުމާއި ދަފުތަރުން މީހުން އުނިކުރުމަށެވެ.
"ސައިންޓިފިކް އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީ، ނުވަތަ ރިސަރޗްކުރާ މަރުކަޒު ނުވަތަ ސައިންޓިފިކް މިއުޒިއަމަށެވެ.