ގާނޫނީ ރަދީފު
"ސީވާދިނަސް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ސަރވޭ ކުރުމަށްފަހު، އުޅަނދުގައި ސަލާމަތީގޮތުން ހުރުން ލާޒިމުވާ ތަކެއްޗާއި ކަންކަން ފުރިހަމައަށް ހުރިނަމަ، އެ އުޅަނދަށް ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ސަލާމަތީ ސެޓުފިކެޓަށެވެ.
"ސީވޭޖް ޓްރީޓްމަންޓް ޕްލާންޓް" ނުވަތަ "ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނ،ީ ނަރުދަ މާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސް ފެން އެއްވެސް ތަނަކަށް ބޭރުކުރުމުނ،ް އެ ތަނުގެ ތިމާވެށްޓަށް ނުވަތަ ދިރުމަކަށް ގެއްލުންނުވާ މިންވަރަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.
"ސީދާ އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުމެއް މެދުވެރިކޮށް، ނުވަތަ ޕޯސްޓުން، ނުވަތަ ފޯނުން، ނުވަތަ އިންޓަރނެޓްފަދަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށް ސީދާ މުދާ ގަންނަ ފަރާތަކަށް ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތަކަށް ވިއްކާ މުދަލެއް ނުވަތަ ދެވޭ ހިދުމަތަކާ ގުޅިގެން ކުރާ އިށްތިހާރުކުރުމަށެވެ.
"ސީދާގޮތުން ގުޅުން ހުރި ފަރާތްތައް" ކަމުގައި ބަޔާންކޮށްފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ.
- އަނބިމީހާ ނުވަތަ ފިރިމީހާ؛
- މަންމަ ނުވަތަ ބައްޕަ؛
- ކާފަ ނުވަތަ މާމަ؛
- ދަރިން؛
- ބޭބެ، ނުވަތަ ދައްތަ، ނުވަތަ ކޮއްކޮ؛
- އަނބިމީހާއާ ނުވަތަ ފިރިމީހާއާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮންނަ ފަރާތްތައް؛
- މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛
- ށަރުއީ ބަލަދުވެރިކަން އަދި ޤާނޫނީ ބަލަދުވެރިކަން އޮތް ކޮންމެ މީހެއް؛
- ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުން އޮތް ފަރާތެއް؛
- އެ މީހަކާ އެކުގައި މަސައްކަތްކުރާ މީހުން؛
- އެ މިހަކާ ވިޔަފާރީގެ ގޮތުން ނުވަތަ އެނޫން ވެސް ގޮތަކުން ގާތް ގުޅުމެއް އޮންނަ ކޮންމެ ފަރާތެއް.
"ސީލްކުރުން" ކަމަށް ބުނެފައި އެވަނީ، ތަހުގީގުގެ ބޭނުމަށް ހިފެހެއްޓޭ ތަކެތި އެވިޑެންސް ބޭގްގައި ރައްކާތެރިކަމާއެކު ބަންދުކުރުމަށެވެ.
"ސީލްކުރުން" ކަމަށް ބުނެފައި އެވަނ،ީ ތަހުގީގުގެ ބޭނުމަށް ހި ފަހައްޓާ ތަކެތި އެވިޑެންސް ބޭގުގައި ރައްކައުތެރިކަމާއެކު ބަންދުކުރުމަށެވެ.
"ސުކޫކް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށްފައިވާ މުދަލެއްގެ މިލްކުވެރިކަން ލިބިފައިވާ ކަމުގެ، ނުވަތަ އެފަދަ މިންގަ ނޑެއްގެ މައްޗަށް ބިނާވެފައިވާ އިންވެސްޓްމެންޓެއްގައި އިންވެސްޓްކޮށްފައިވާކަމާއި އެމުދަލަކުން ނުވަތަ އެ އިންވެސްޓްމަންޓަކުން ލިބޭ ނަފާގެ މިލްކުވެރިކަން ލިބިފައިވާކަމުގެ ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އިލެކްޓްރޯނިކް ރިކޯޑަކަށެވެ.
"ސުކޫކް ހޯލްޑަރުން" ކަމަށް ބުނެފައި އެވަނީ، ސުކޫކެއް އިށޫކުރުމުން، އެ ސުކޫކެއް ގަންނަ ފަރާތްތައް އެކީ ނިސްބަތްވާގޮތަށެވެ.
"ސުކޫކް އިޖާރާ" ކަމަށް ބުނެފައި އެވަނީ، އިޖާރާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. އިޖާރާ އަކީ އެއްޗެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި މުދަލުގެ ވެރިފަރާތުން މުދަލެއް ނުވަތަ އިކުއިޕްމަންޓެއް ކުއްޔަށް ދިނުމުގެ ކުރިން ކުއްޔަށް ހިފާ ފަރާތާއެކު ކުއްޔަށްދޭ މުއްދަތާއި، ކުލި ކަނޑައަޅަންޖެހެއެވެ. އަދި ކުލީގެ މުއްދަތުގެ ތެރޭގައި ކުއްޔަށްދޭ އެތީގެ މިލްކުވެރިއަކީ ކުއްޔަށްދޭ ފަރާތެވެ.
"ސުކޫކް މުށާރަކާ" ކަމަށް ބުނެފައި އެވަނީ، މުށާރަކާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުށާރަކާ އަކީ ދެފަރާތުން ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކުން، ވިޔަފާރިއެއް ހިންގުމަށްޓަކައި އެވިޔަފާރީގެ ރައުސްމާލުގެ ގޮތުގައި ފައިސާ ނުވަތަ މުދަލެއް ހިމެނޭގޮތަށް އުފައްދާ ޕާރޓްނަރށިޕެކެވެ. ދެފަރާތުން ވެސް ކުރަން ބޭނުންވާ އިންވެސްޓްމެންޓަކަށް ރައުސްމާލު ނުވަތަ ކެޕިޓަލް ފޯރުވައިދޭންވާނެއެވެ. ޕާރޓްނަރށިޕުން ލިބޭ ފައިދާ ބަހާނީ އެއްބަސްވެފައިވާ ގޮތުގެ މަތިން ޕްރޮފިޓް ށެއަރިންގ ރޭށިއޯގެ ނިސްބަތުންނެވެ. ނަމަވެސް ގެއްލުމަށް ހިއްސާކުރާނީ އެފަރާތެއްގެ ރައުސްމާލުގެ އަދަދެއްގެ ނިސްބަތުންނެވެ.
"ސުކޫކް މުރާބަހާ" ކަމަށް ބުނެފައި އެވަނީ، މުރާބަހާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުރާބަހާ އެއްބަސްވުމަކީ މުދަލެއް/އެސެޓެއް ގަތުމަށް ފައިސާ ހޯދުމަށްޓަކައި ހިންގޭ ގަނެވިއްކުމުގެ މުއާމަލާތެކެވެ. މުރާބަހާ އެއްބަސްވުމުގެ ދަށުން މުދާ ވިއްކާ ފަރާތުން މުދާ ހޯދުމަށް ހޭދަކުރި އަގު ހާމަކޮށް، އަދި އެ އަގަށް ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު ގަންނަ ފަރާތަށް ހާމަކުރަން ޖެހޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ގަނެވިއްކާފައިވާ މުދަލުގެ/އެސެޓުގެ އަގު ގަންނަ ފަރާތުން އަނބުރައި ދައްކާއިރު ގަނޑުކޮށް ނުވަތަ އިންސްޓޯލްމަންޓުގެ ގޮތުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ މާލެ، ދިވެހިރާއްޖެ ސުކޫކް ދޫކުރުމާބެހޭ ގަވާއިދު ފައިސާ ދެއްކިދާނެއެވެ. އަދި މިމައުލޫމާތު އެއްބަސްވުމުގައި ހިމަނާފައި އޮންނަންވާނެއެވެ.

"ސުކޫކް މުޒާރަބާ" ކަމަށް ބުނެފައި އެވަނީ، މުޒާރަބާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުޒާރަބާއަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރިއަކަށް ފައިނޭންސް ކުރުމަށްޓަކައި ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރައްބު އަލް މާލް ނުވަތަ އިންވެސްޓަރ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ (ރައުސްމާލު) ދިނުމުން، ވިޔަފާރި ހިންގާނީ މުޒާރިބު ނުވަތަ ވިޔަފާރި ހިންގާ ފަރާތެވެ. މި ވިޔަފާރިން ފައިދާ ވެއްޖެނަމަ، ދެފަރާތުން އެއްބަސްވެފައިވާ ރޭށިއޯއަށް ނިސްބަތްކޮށް ދެފަރާތުގެ ދެމެދުގައި އެ ވިޔަފާރިން ލިބޭ ފައިދާ ބަހާލެވޭނެއެވެ. އަދި ވިޔަފާރީގައި ލިބޭ ގެއްލުމަށް ޒިންމާވާނީ އިންވެސްޓްކުރި ފަރާތުން އެކަންޏެވެ.
"ސުކޫކް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ސުކޫކް ވިއްކުމަށް ނުވަތަ ސުކޫކް ވިއްކުމަށް ހުށަހެޅުމަށް، ނުވަތަ ސުކޫކް ގަތުމަށް ދައުވަތު ދިނުމަށެވެ.
"ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އެންމެހައި ތަންތަނަށެވެ.