ގާނޫނީ ރަދީފު
"ލިޔުންތައް" ކަމަށް ބުނެފައި އެ ވަނީ، ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ނުވަތަ ދިފާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތަކަށެވެ.
"ލިޔެކިއުންތައް" ކަމަށް ބުނެފައި އެވަނީ އެއްވެސް ކަހަލަ މައުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.
"ލިޔެކިޔުމެއް" ކަމުގައި ބުނެފައި އެވަނީ ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފަކު އޭނާ ވަޒީފާއަދާކުރި މުއްދަތުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަކެއްޗަށެވެ.
"ލީޑިންގ ސުވާލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ނެގުމުގެ މަރުހަލާގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރެވޭ ހިނދު، ކުރެވޭ ސުވާލަށް ހޯދުމަށް އެދޭ ޖަވާބުވެސް އެ ސުވާލުން ދޭހަވެގެންދާ ގޮތަށް ކުރާ ނުވަތަ ތަރުތީބުކުރެވޭ ސުވާލަށެވެ.
"ލީޗޭޓް" ކަމަށް ބުނެފައި އެވަނީ، ކުނި ޖަމާކުރާ ސަރަހައްދުތަކުގައި ހުންނަ ކުނިވާ ޒާތުގެ ކުނިން އުފެދޭ ފާދިޔައަށެވެ.
"ލެބޯޓަރީ ޓެކްނޮލޮޖިސްޓުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް ލެބޯޓަރީގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.
"ލެސް ލީތަލް" ކަމަށް ބުނެފައި އެވަނީ ބަޑި ފިޔަވައި، ނުރައްކާތެރި ހާލަތެއްގައި ބޭނުންކުރެވޭ އެހެނިހެން ބާވަތްތަކުގެ ހަތިޔާރަށެވެ.