ގާނޫނީ ރަދީފު
"ދައުލަތުގެ ތަހުގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އެންމެހައި އިދާރާތަކާއި، އެފަދަ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ކޮމިށަންތަކަށެވެ.
"ދައްކަންޖެހިފައިވާ ފައިސާ" ކަމަށް ބުނެފައި އެވަނީ، ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓް ވެސް ހިމަނައިގެންނެވެ.
"ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، ނެށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީން އެކުލަވައިލައި ބަލަހައްޓާ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާނީ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރަށެވެ.