ގާނޫނީ ރަދީފު
"ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ލޯ ފަރމެއް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 17/2020 (ލޯ ފަރމާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާބެހޭ ގަވާއިދު) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ލޯ ފަރމްތަކަށެވެ.
"ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ މެޑިކަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.
"ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ޑެންޓަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.
"ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫންގޮތަކަށް، ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.
"ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ދިވެހިރާއްޖޭގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި އެ ގައުމަށް ގެންދިޔުމަށް ބޭނުންވާ މީހުންނަށެވެ:
- އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް އެ ގައުމުގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
- އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް އެ ގައުމުގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
- އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، އެ ގައުމުގައި ތަންފީޒުކުރުމަށްޓަކައި.
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަޙައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަޙައްދަށެވެ. އަދި އެ ސަރަޙައްދުގެ ތެރޭގައިވާ ކަނޑުއަޑީގެ ބިމާއި، ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިޤްތިޞާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަޙުލީލުތައް ކުރުމާއ ޕޮލިއުޝަން ހިފެހެއްޓުމާއި މިކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަޙައްދަށެވެ