-

ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން

"ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ދިވެހިރާއްޖޭގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި އެ ގައުމަށް ގެންދިޔުމަށް ބޭނުންވާ މީހުންނަށެވެ:

  1. އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް އެ ގައުމުގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
  2. އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް އެ ގައުމުގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
  3. އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، އެ ގައުމުގައި ތަންފީޒުކުރުމަށްޓަކައި.