ގާނޫނީ ރަދީފު
"ފައިސާގެ ބަދަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ، އޭނާ ހިންގި ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން އެ އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ގެއްލުމަށާއި ނަފްސާނީ ގެއްލުމަށް ފައިސާގެ ބަދަލު ނަގައިދިނުމަށް މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް އަމުރުކޮށް ނެރޭ ކޯޓު އަމުރު މެދުވެރިކޮށް، ނަގައިދޭ ބަދަލަށެވެ.
"ފައުންޑޭށަން ޕްރޮޓެކްށަން މެތަޑު" ކަމަށް ބުނެފައި އެވަނީ އިމާރާތެއްކުރުމުގެ ސަބަބުން ނުވަތަ ބިންގަނޑު ކޮނުމުގެ ސަބަބުން އިންވެގެން ހުންނަ އިމާރާތްތަކަށާއި ތަންތަނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އަޅާ ސަލާމަތީ ފިޔަވަޅެކެވެ.
"ފަތުރުވެރިކަމާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.
"ފަތުރުވެރިކަމުގެ ބޭނުން" ކަމަށް ބުނެފައި އެ ވަނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ، އަދި ޔޮޓް ބަނދަރު ފަދަ ތަންތަނަށެވެ.