-

ފައިސާގެ ބަދަލު (ގެވެށި އަނިޔާއާޢި ގުޅޭ)

"ފައިސާގެ ބަދަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ، އޭނާ ހިންގި ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން އެ އަނިޔާ  ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ގެއްލުމަށާއި ނަފްސާނީ ގެއްލުމަށް ފައިސާގެ ބަދަލު ނަގައިދިނުމަށް މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ)  ގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް އަމުރުކޮށް ނެރޭ ކޯޓު އަމުރު މެދުވެރިކޮށް، ނަގައިދޭ ބަދަލަށެވެ.