-

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު

(ގާނޫނު ނަންބަރު 1979-31) 

 

1 ވަނަ މާއްދާ 

ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާތަކެތި އެކްސްޕޯޓްކުރުމާއި، ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި، އިމްޕޯޓްކުރާ މުދާ ވިއްކުމާ މިއިން ކަމެއް ރާއްޖޭގައި ހިންގަންވާނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ހުއްދަ ލިބިގެން، އަދި އެމިނިސްޓްރީން ހަދާ ގަވާއިދެއްގެ މަތިންނެވެ. މިގާނޫނުގެ 5 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރެވިފައިވާ މިންވަރަށް ތަކެތި ރާއްޖެ ގެނައުމަށް ހުއްދަ ނަގާކަށް ނުޖެހޭނެއެވެ.

 

2 ވަނަ މާއްދާ 

(ހ) ދިވެހިރާއްޖޭން އެކްސްޕޯޓްކުރާ، ރާއްޖޭގައި  އުފެދޭ ނުވަތަ އުފައްދާ ތަކެތީގެ ތެރެއިން މާވަހަރު ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ.

(ށ) ދިވެހިރާއްޖޭން ރީއެކްސްޕޯޓްކުރާ ތަކެތިން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ.

 

3 ވަނަ މާއްދާ 

މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ އޭގެ އެފް.އޯ.ބީ. އަގުގެ %50 އެވެ.

 

4 ވަނަ މާއްދާ 

ދިވެހިރާއްޖޭން އެކްސްޕޯޓްކުރާ އެއްވެސް އެއްޗެއް ތައްޔާރުކުރުމުގައި ނުވަތަ އެކްސްޕޯޓް ކުރުމުގައި މަކަރު ހެދުމަކުން، ނުވަތަ ފަރުވާ ކުޑަކުރުމަކުން ވިޔަސް، ރާއްޖޭގެ ނަމަށް ހުތުރެއް ނުވަތަ ރާއްޖޭގެ ވިޔަފާރިއަށް އުނިކަމެއް ލިބޭފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ 

ތިރީގައި މިބަޔާންކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

(ހ) ހަނޑޫ، ހަކުރު، ފުށް.

(ށ) މުޒްހަފާއި، ގުރްއާނުގެ ވަކިވަކިން ހުންނަ ބައިބައި.

(ނ) ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މައާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދެއް.

(ރ) އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެނެވޭ ތަކެތިން ޑިއުޓީ މައާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއް.

(ބ) ރީ އެކްސްޕޯޓް ވިޔަފާރި ކުރުމަށްޓަކައި ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި.

 

6 ވަނަ މާއްދާ 

ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ތަކެތީގެ ތެރެއިން މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެހެން ތަކެތިން މި ގާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ 97 ޗެޕްޓަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހި ސަރުކާރަށް އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ. މިގޮތުން އެޑްވެލޮރަމް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމަށް ބަލާނީ، އިންށުއަރކޮށްގެން ގެންނަ މުދަލަށް އެ މުދަލުގެ ސީ.އައި.އެފް. އަގެވެ. އިންށުއަރ ނުކޮށް ގެންނަ މުދަލަށް އެ މުދަލުގެ ސީ. އެންޑް އެފް. އަގެވެ.

 

7 ވަނަ މާއްދާ 

މި ގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލާއި މުދަލުގެ ގިންތީތައް 97 ޗެޕްޓަރަށް ބަހައި، މިއިން ކޮންމެ ޗެޕްޓަރެއްގައި ހިމެނޭ މުދަލުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މިންވަރު ތިރީގައި މިވާ ތާވަލުގައި މިވަނީއެވެ. މި ތާވަލުގައި ހިމަނާފައިވާ މުދަލުގެ ގިންތީގެ ނަމާއި، އެތަކެއްޗަށް ދައްކަން މި ގާނޫނުގައި ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރަށް ތަފްސީލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

 

ޗެޕްޓަރ ނަންބަރު 

މުދަލުގެ ގިންތީތައް

ޑިއުޓީގެ މިންވަރު

ޗެޕްޓަރ 1

ދިރޭ ޖަނަވާރު

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ގާނޫނީގޮތުން ހުއްދަނަގައިގެން ގެނެވޭ ޖަނަވާރު 

35%

ޗެޕްޓަރ 2

އެއްގަމު މަހާއި، ޖަނަވާރުގެ ކާން ކަމުދާ ބައިތައް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%

 

(ށ) އޫރުމަހާއި އޫރުގެ ކާން ބޭނުންކުރާ ބައިތައް 

35%

ޗެޕްޓަރ 3

ކަކުންޏާއި، ރިނދައްޔާއި، އިއްސާއި، ޑިނގާއާއި މިތަކެތީގެ އިތުރުންވެސް ފެނުގައި އުޅޭ މައިކަށީ ނުހުންނަ ބާވަތްތަކާއި، މަސް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ދިރޭ އެއްޗެހި 

25%

ޗެޕްޓަރ 4

ކިރާއި، ކިރުން އުފައްދާ ބާވަތްތަކާއި، ދޫނީގެ ބިހާއި، ގުދްރަތީ މާމުޔާއި، އެހެން ތަނެއްގައި ބުނެފައި އަދި ހިމެނިފައިނުވާ ޖަނަވާރުން ލިބޭ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ކާބޯތަކެތި

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

10%

ޗެޕްޓަރ 5

ޖަނަވާރުގެ ބައިތަކުން އުފައްދާ ބާވަތްތަކުގެ ތެރެއިން އެހެން ޗެޕްޓަރެއްގައި ހިމެނިފައިނުވާ ބާވަތްތައް

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

25%

ޗެޕްޓަރ 6

ގުދްރަތީ ގަސްގަހާގެއްސާއި، އޭގެ ގޮނޑިއާއި، މުލާއި، އަދި މި ތަކެތީގެ އިތުރުންވެސް މިބާވަތުގެ އެއްޗެއްސާއި، ޒީނަތްތެރިކުރުމަށް ބޭނުންކުރާ ގުދްރަތީ މާމެލާމެއްޔާއި، އެކަމާގުޅެ ގުދްރަތީ ފަތްފިލާވެލި

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 7

ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތަރުކާރީއާއި، ކާން ކަމުދާ ބައެއް ބާވަތުގެ މުލާއި، އަޑިއަށް ފައިބާ ގޮނޑި

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 8

ކެއުމަށް ބޭނުންކުރާ މާވާއާއި، މަދު؛ ކެއުމަށް ބޭނުންކުރާ ހުތްމޭވާގެ ތޮށްޓާއި، މެލަންގެ ބާވަތްތަކުގެ ތޮށީ

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

15%
 

(ށ) ފޯއް

25%

ޗެޕްޓަރ 9

ކޮފީއާއި، ސައިފަތާއި، ހަވާދުގެ ބާވަތްތައް

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 10

ގޮވާމުގެ ބާވަތްތައް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

15%
 

(ށ) ހަނޑޫ

0%

ޗެޕްޓަރ 11

ގޮވާން މުގުރައިގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްބާވަތުގެ ފުށް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ގޮދަންފުށް

0%

ޗެޕްޓަރ 12

ތެޔޮހުންނަ ބާވަތްބާވަތުގެ އޮށާއި، އެފަދަ މޭވާ؛ ތަފާތު ވައްތަރުގެ ގޮވާމާއި، އޮށާއި މޭވާ؛ 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

15%
 

(ށ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ބޭހަށް ބޭނުންކުރާ ތަކެތި

5%

ޗެޕްޓަރ 13

ތަރުކާރީގެ ބާވަތްތަކުން ނަގާ ލާއާއި، ތެރަހާއި، ކިރާއި، ދިޔަ

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ހަލުވިދާނަރު

15%

ޗެޕްޓަރ 14

ގަސްގަހާގެހިން ނަގާ ތަކެތިން އުފައްދާފައި ހުންނަ ބާވަތްތަކުގެ ތެރެއިން ވިޔުމަށް ބޭނުންކުރާ ވަކި; ގަސްގަހާގެހިން ނަގާ ތަކެތިން އުފައްދާފައި ހުންނަ ބާވަތްތަކުގެ ތެރެއިން އެހެން ޗެޕްޓަރެއްގައި ހިމެނިފައިނުވާ ބާވަތްތައް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ކަފަ

15%

ޗެޕްޓަރ 15

ޖަނަވާރުންނާއި ގަސްގަހާގެހީގެ ބާވަތްތަކުން ނަގާ ތެލާއި، ސަރުބީއާއި،  މިބާވަތްތައް ވަކިކޮށްގެން އުފައްދާފައި ހުންނަ އެއްޗެހި; ކާން ބޭނުންކުރާ  މަސްނޫއީ ސަރުބީ; ޖަނަވާރުންނާއި ގަސްގަހާގެހިން ނަގާ އުށް 

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

10%

ޗެޕްޓަރ 16

އެއްގަމު މަހުންނާއި، މަސްމަހާމެހިންނާއި، ޖަނަވާރުގެ ކާން ކަމުދާ ބައިތަކުންނާއި އަދި ކަކުންޏާއި، ރިނދައްޔާއި، އިއްސާއި، ޑިނގާއާއި، މި ތަކެތީގެ އިތުރުންވެސް ފެނުގައި އުޅޭ މައިކަށި ނުހުންނަ އެއްޗެހިން  ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) އޫރުމަހުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި

35%

ޗެޕްޓަރ 17

ހަކުރުގެ ބާވަތްތަކާއި، މެޓާއާއި، ޗުއިންގަމާއި، މިތަކެތީގެ އިތުރުންވެސް މިބާވަތުގެ ތަކެތި

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ދޯބުރާލި ހަކުރު

0%

ޗެޕްޓަރ 18

ކޮކޯއާއި، ކޮކޯއިން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ބަނގުރާ އެކުލެވޭ ބާވަތްތައް 

35%

ޗެޕްޓަރ 19

 ގޮވާމާއި، ފުށާއި، ކިރު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ބަނގުރާ އެކުލެވޭ ބާވަތްތައް

35%

ޗެޕްޓަރ 20

ތަރުކާރީއާއި، މޭވާއާއި، މަދާއި، ގަސްގަހާގެހީގެ ބާވަތްތަކުން ތައްޔާރުކޮށްފައި ހުންނަ ތަކެތި

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ހަވާދުލާފައި ުނވަތަ ތަފާތު ރަހަލައްވާފައި ހުންނަ ފީ

25%
 

(ނ) ބަނގުރާ އެކުލެވޭ ބާވަތްތައް

35%

ޗެޕްޓަރ 21

ކާންބޭނުންކުރަން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުވައްތަރުގެ އެއްޗެހި

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ދުފާއިރު ބޭނުންކުރަން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް 

25%
 

(ނ) އޫރުމަސް އެކުލެވޭ ބާވަތްތައް

35%
 

(ރ) ބަނގުރާ އެކުލެވޭ ބާވަތްތައް 

35%

22 ޗެޕްޓަރ 22

ބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ތައްޔާރީ ދިޔާ އެއްޗެއްސާއި ރާހުތް  

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%
 

(ށ) ބަނގުރަލާއި، ބަނގުރާ އެކުލެވޭ ބާވަތްތައް 

35%
 

(ނ) އަލްކޮހޯލް

35%

ޗެޕްޓަރ 23

ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އެއިންބާކީވާ ތަކެއްޗާއި، ދޫނިސޫފާސޫތްޕާއި، ޖަނަވާރަށް ކާންދިނުމަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެހި

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ބާވަތްތައް 

25%

ޗެޕްޓަރ 24

ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުލުގައި ބޭނުންކުރާ ބާވަތްތައް 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

50%
 

(ށ) ސިގިރެޓް

ސިގިރެކޓަކަށް 30 (ތިރީސްލާރި)

ޗެޕްޓަރ 25

ލޮނާއި، ސަލްފަރާއި، ވެއްޔާއި، ހިލައާއި، މީގެއިތުރުންވެސް އުވަޖެހުމާއި،  ސިމެންތިޖެހުން ކަހަލަ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތަކާއި، އުވަޔާއި، ސިމެންތި  

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%
 

(ށ) ގެދޮރު އެޅުމަށް ބޭނުންކުރާ ސިމެންތިއާއި، ހިލައާއި، ހިލަވެލި

10%
 

(ނ) ކެއުމަށް ބޭނުންކުރާ ލޮނު 

10%
 

(ރ) މާބްލް 

15%

ޗެޕްޓަރ 26

މައްދަން އެކުލެވޭ ވެއްޔާއި، ހިލައާއި، މައްދަން ވަކިކުރުމުން ބާކީހުންނަ ދަގުޔާއި، އަޅި

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 27

ބިމުންނަގާ ހަކަތައިގެ ބާވަތްތަކާއި، ބިމުންނަގާ ތެލާއި، އަދި އެފަދަ އެއްޗެހި ސާފުކޮށްގެން

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%
 

(ށ) ޑީސަލް

10%
 

(ނ) އޭވިއޭށަން ފިއުލް 

10%
 

(ރ) ކައްކާގޭސް 

10%
 

(ބ) ކަރާސީނު 

10%
 

(ޅ) ޕެޓްރޯލް

10%

ޗެޕްޓަރ 28

އަގުބޮޑު މައްދަނުގެ ނުވަތަ ރޭޑިއޯ އެކްޓިވް އެލިމެންޓުގެ ނުވަތަ އައިސޮޓޯފްގެ އޯގަނިކް ނުވަތަ އިންއޯގަނިކް ކޮމްޕައުންޑް

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

10%

ޗެޕްޓަރ 29

އޯގަނިކް ކެމިކަލް

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި  

10%

ޗެޕްޓަރ 30

ޑޮކްޓަރީ ބޭހާއި ބޭހުގެ ބާވަތްތައް  

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

5%

ޗެޕްޓަރ 31

ގަހުކާނާ

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

10%

ޗެޕްޓަރ 32

ކުލަޖެއްސުމަށް ބޭނުންކުރާ ކުލަ; ކަޅިކުރަން ބޭނުންކުރާ ކުލަ; ދަވާދާއި ވަރުނީސް; ފެން ލީކްވިޔަ ނުދިނުމަށް ބޭނުންކުރާ ފުޓުންޏާއި، މިނޫންވެސް މިބާވަތްތަކާއި، ލިޔެކިޔުމަށާއި، ޗާޕްކުރަން ބޭނުންކުރާ ދެލި 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%
 

(ށ) ލިޔެކިޔުމާއި، ކުރެހުމަށް ބޭނުންކުރާ ކުލައާއި، ޗާޕްކުރުމަށް ބޭނުންކުރާ ދެލި 

10%
 

(ނ) ކޮމްޕިއުޓަރާގުޅާ ޕްރިންޓަރަށް ބޭނުންކުރާ ދެއްޔާއި، ރިބަނާއި، ކާރޓްރިޖް 

5%
 

(ރ) މި ޗެޕްޓަރުގެ (ނ) ގައި ބުނެފައިވާ ތަކެތި ފިޔަވައި އެކިއެކި މެށިނަށް ބޭނުންކުރާ ދެއްޔާއި ކާރޓްރިޖް 

20%

ޗެޕްޓަރ 33

އެސެންށަލް އޮއިލާއި، ރެޒިނޮއިޑްސް; މީރުވަސް ދުއްވުމަށާއި  ޒީނަތްތެރިވުމަށާއި، ފެންވަރާ ރީތިވުމަށް ބޭނުންކުރާ ސާމާނު

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 34

ސައިބޯންޏާއި، ދޮވެ އުނގުޅާ އޮފުއަރުވަން ބޭނުންކުރާ ބާވަތްތަކާއި، ދަބަރު ފިލުވުމަށާއި ހަލުވިކުރުމަށް ބޭނުންކުރާ ބާވަތްތަކާއި، އުށްބައްތިއާއި،  މޮޑެލިންގ ޕޭސްޓާއި، ދަތާބެހޭ މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ޕްލާސްޓަރާއި ފުޓުނި      

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ސައިބޯނި، ސައިބޯނީގެ ގޮތުގައި ބޭނުންކުރާ ތަކެތ،ި އަދި ފޭރާން ދޮވުމަށް ބޭނުންކުރާ ދޮންނަކުނޑީގެ ބާވަތްތައް

10%
 

ނ) ދަތާބެހޭ މަސައްކަތްކުރުމަށް ތައްޔާރުކޮށްފައި ހުންނަ ޕްލާސްޓަރާއި ފުޓުން

5%

ޗެޕްޓަރ 35

ގަސްގަހާއި، ޖަނަވާރުގެ ޕްރޮޓިން އެކުލެވޭ ބައިތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ
ބާވަތްތައް; ބަދަލުގެނެސްފައިވާ ތާން; ތެރަސް; އެންޒައިމް 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ލިޔެކިޔުމުގައި ބޭނުންކުރާ ތެރަސް

10%

ޗެޕްޓަރ 36

ގޮވާ ތަކެއްޗާއި (އެކްސްޕްލޯސިވްސް)، އަލިފާނުގެ ކުޅިވަރުގައި ބޭނުންކުރާ ބަޑިބޭހުގެ އެއްޗެހި، އަލިފާން ދަނޑިއާއި، އަލިފާން ހިފާގޮތައް ހުންނަ އެލޯއީއާއި، އަލިފާން ހިފާ ބައެއް ބާވަތުގެ ތަކެތި

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

35%
 

(ށ) އަލިފާންފޮށްޓާއި، ލައިޓަރު ހިލައާއި، ލައިޓަރަށް އަޅާ ގޭސް

25%

ޗެޕްޓަރ 37

ފޮޓޯނެގުމަށާއި، ބައިސްކޯކްފިލްމަށް ނެގުމަށް ބޭނުންކުރާ އެކި ބާވަތުގެ ފިލްމާއި ކުރުދާހާއި ކެމިކަލް

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ފޮޓޯ ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް

10%

ޗެޕްޓަރ 38

ކެމިކަލުން އުފައްދާފައިހުންނަ ބާވަތްތައް 

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 39

ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ގޯންޏާއި، ޕޮލިތިން ފިލްމާއި ޕޮލިތިން ށީޓާއި، ޕޮލިތިން ޓިއުބްރޯލް

200%
 

(ނ) ފެންވައިރު ކުރުމަށް ބޭނުންކުރާ ހޮޅިއާއި ފިޓިންގްސް 

15%
 

(ރ) ޕޮލިޔުރެތޭން

10%

ޗެޕްޓަރ 40

ރަބަރާއި، ރަބަރުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް 

 
 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%
 

(ށ) ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ އެތެރޭހަމާއި ބޭރުހަން

100%
 

(ނ) ސިނާއީ ކަންކަމުގައި ބޭނުންކުރަން ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ އެތެރޭހަމާއި ބޭރުހަން

35%
 

(ރ) ފޮހޭރަބަރު

10%
 

(ބ) ބައިސްކަލް އެތެރޭހަމާއި، ބޭރުހަން

15%
 

(ޅ) އޮޓޯސައިލާއި މޮޓޯސައިކަލްގެ އެތެރޭ ހަމާއި ބޭރުހަން

100%

ޗެޕްޓަރ 41

ކެހެރިހަން ފިޔަވައި ދިބާގު ކުޅަހަމާއި ދިބާގުނުކުރާ ހަން  

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

25%

ޗެޕްޓަރ 42

ހަމުން ހަދާފައި ހުންނަ އެއްޗެހި; އަސްދާނުގައި ބޭނުންކުރާ  އެއްޗެހި; ދަތުރު ފަތުރުކުރަން ގެންގުޅޭ ފޮށްޓާއި، ދަބަހާއި،  އަތްދަބަހާއި، މީގެއިތުރުންވެސް މިބާވަތުގެ އެއްޗެހި، ފަށުއިފަނީގެ ގޮހޮރުން އުފައްދާ ތަކެތި ފިޔަވައި ޖަނަވާރުގެ ގޮހޮރުން އުފައްދާފައި ހުންނަ ތަކެތި 

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

25%

ޗެޕްޓަރ 43

ކެހެރިހަމާއި، މަސްނޫއީ ކެހެރި؛ ކެހެރިހަމާއި މަސްނޫއީ ކެހެރިހަމުން ތައްޔާރުކޮށްފައި ހުންނަ ތަކެތި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 44

ލަކުޑިއާއި، ލަކުޑިން ހަދާފައި ހުންނަ ބާވަތްތަކާއި ދަރާއި ދެލި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

15%

 

(ށ) ދެލި

25%

ޗެޕްޓަރ 45

ގަހު ފުޅިމަދާއި، ގަހު ފުޅިމަދުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް  

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 46

ހުއިން ނުވަތަ ހައިން ވިޔެފައި ނުވަތަ ގަތާފައި ހުންނަ ތަކެއްޗާއި މީގެއިތުރުންވެސް މިވައްތަރުގެ އެއްޗެހިން ގެތުމަށް ނުވަތަ ވިޔުމަށް ބޭނުންކުރާ އެއްޗެހި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 47

ލަކުޑި ޕަލްޕާއި، ނުވަތަ އެހެނިހެން ފައިބްރަސް ސެލިއުލޯސިކް އެއްޗެހީގެ ޕަލްޕް; އުކާލާ ކަރުދާހާއި އުކާލާ ކާޑުބޯޑު

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 48

ކަރުދާހާއި ކާޑުބޯޑު؛ ކަރުދާހު ޕަލްޕުން ހަދާފައި ހުންނަ އެއްޗެއްސާއި، ކަރުދާހުން ނުވަތަ ކާޑުބޯޑުން ހަދާފައި ހުންނަ އެއްޗެހި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ސެނިޓަރީ ޓަވަލާއި ޓެމްޕޮންސް

5%

 

(ނ) ލިޔެކިޔުމުގައި ބޭނުންކުރާ ފޮތް 

10%

 

(ރ) ހުރިހާ ބާވަތެއްގެ ކަރުދާސް 

10%

 

(ބ) ކަރުދާހުން ހަދާފައި ހުންނަ ކޮތަޅާއި ކަރުދާހުން ހަދާފައި ހުންނަ ފޮށި

10%

 

(ޅ) ސިގިރެޓް ކަރުދާސް

50%

ޗެޕްޓަރ 49

ޗާޕްކުރި ފޮތް; ނޫސް; ފޮޓޯ އަދި ޗާޕްހާނާއިން ތައްޔާ ރުކޮށްފައި ހުންނަ އެހެނިހެން ތަކެތި; ޗާޕްކުރުމަށް ލިޔެފައި ހުންނަ ދެލިކޮޕީ; ޗާޕްކުރުމަށް ކުރަހާފައި ހުންނަ ޗާޓާއި ކުރެހުން

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތިފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) މުސްހަފާއި ގުރްއާނުގެ ބައިތައް

0%

 

(ނ) ޗާޕްކުރި ފޮތާއި، ނޫހާއި، މަޖައްލަ

10%

ޗެޕްޓަރ 50

ފަށުވި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

15%

ޗެޕްޓަރ 51

ކެހެރި; ކެހެރިން ވިޔެފައި ހުންނަ ފޮއްޗާއި އަހުގެ ކެހެރިން ތައްޔާރުކޮށްފައި ހުންނަ އުޅި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 52

ކަފަ; އުއި; އަދި ކަފަ ނުވަތަ އުއިން ތައްޔާރުކޮށްފައި ހުންނަ ބަރަންޏާއި، ރޮއްޖާއި ފޮތި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 53

ކަފަ ފިޔަވައި ގަސްގަހާގެހިން ނަގާފައި ހުންނަ ނަރު; ފޭޕަރ ޔާނާއި ގަސްގަހާގެހީގެ ނަރު ތައްޔާރުކޮށްފައި ހުންނަ އުޅިއާއި، އެ އުޅިން ވިޔެފައި ހުންނަ ފޮތި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 54

މޭންމޭޑް ފިލަމެންޓްސް

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ފޮތި

15%

 

ނ) ބަރަނި

15%

ޗެޕްޓަރ 55

މޭންމޭޑް ފިލަމެންޓުން ތައްޔާރު ކޮށްފައި ހުންނަ އުޅިއާއި، ވަލާއި، ފޮތި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 56

ނުވިޔެ ބަތާނައަށް ބޭނުންކުރަން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި; ހާއްސަ ބޭނުންތަކަށް ހަދާފައި ހުންނަ އުޅި؛ އުޅިން ހަދާފައިހުންނަ ފަށާއި، ވަލާއި، ކެނބާއި، މި އެއްޗެހިން ހަދާފައި ހުންނަ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ސެނިޓަރީ ޓަވަލާއި ޓެމްޕޮންސް

5%

ޗެޕްޓަރ 57

ދޫލައާއި، ތަޅުންގަނޑުގައި އެޅުމަށް ހަދާފައި ހުންނަ އެހެނިހެން އެއްޗެހި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި

25%

ޗެޕްޓަރ 58

ހާއްސަ ބޭނުންތަކަށް ވިޔެފައި ހުންނަ ފޮތި; ރޮދިން ފުއްޕުންލައި ވިޔެފައި ހުންނަ ފޮތި; ރޭނދާ; ޒީނަތްތެރި ކުރުމަށްޓަކައި ގޮތްގޮތް ހަދައި އެލުވަން ނުވަތަ އަޅުވަން ފޮތިން ނުވަތަ ރޭނދާއިން ނުވަތަ ރޮދިން ހަދާފައި ހުންނަ ތަކެތި; ވިހޭފަށްލާފައި ހުންނަ ތަކެއްޗާއި ތިނޯހުން މާޖަހައިގެން ހަދާފައި ހުންނަ ތަކެތި 

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ފޮތި

15%

ޗެޕްޓަރ 59

ކުލަ ނުވަތަ އެފަދަ އެއްޗެއް ދުއްވައިގެން އޮފު ހުންނަ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ފޮތި; ސިނާއީ ބޭނުންތަކަށް ފޮތިން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 60

ނިޓްކޮށްފައި ނުވަތަ ކްރޮށޭކޮށްފައި ހުންނަ ފޮތް

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 61

ނިޓްކޮށްފައި ނުވަތަ ކްރޮށޭކޮށްފައި ހުންނަ ތައްޔާރީ ހެދުމާއި، ހެދުން އެޅުމުގައި  ބޭނުންކުރާ އެއްޗެހި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 62

 

ނިޓްކޮށްފައި ނުވަތަ ކްރޮށޭކޮށްފައި ހުންނަ ބާވަތްތައް ފިޔަވައި ތައްޔާރީ ހެދުމާއި، ހެދުން އެޅުމުގައި ބޭނުންކުރާ އެއްޗެހި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) މުންޑު

15%

ޗެޕްޓަރ 63

ބޭނުންކޮށްފައި ހުންނަ އަންނައުނު; ކުނޑިފޮތި; ފޮތިން ހަދާފައި ހުންނަ އެހެނިހެން އެއްޗެހި؛ ބޭނުންކޮށްފައި ހުންނަ ފޮއްޗާއި، ބޭނުންކޮށްފައި ހުންނަ ކުނޑިފޮއްޗާއި،  ފޮތިންހަދާފައި ހުންނަ ބައެއް އެއްޗެހި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ގޮނޑީގެ އުރަ

100%

 

(ނ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިނާއީ ކަންކަމުގައި ބޭނުންކުރަން ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ގޮނޑީގެ އުރަ

35%

 

(ރ) ޕޮލިތީނުން ހަދާފައިހުންނަ ކޮތަޅާއި، ގޯނި

200%

ޗެޕްޓަރ 64

ފައިވާނާއި ބޫޓުގެގޮތުގައި އަރަން ބޭނުންކުރާ އެއްޗެއްސާއި ގެއިޓަރސް އަދި މި އެއްޗެހީގެ ބައިބައި

 

 

- މި ޗެޕްޓަރުގައިހިމެނޭ އެންމެހައި ތަކެތި 

15%

ޗެޕްޓަރ 65

ތޮތްޕާއި، ތާކިހަލާއި، ހެލްމެޓާއި، މީގެއިތުރުންވެސް މިބާވަތުގެ ތަކެއްޗާއި، މިތަކެތީގެ  ބައިބައި

 

 

- މި ޗެޕްޓަރުގައިހިމެނޭ އެންމެހައި ތަކެތި 

 

ޗެޕްޓަރ 66

ކުޑަ; އަސާ؛ އިށީނދެވޭގޮތަށް ހަދާފައި ހުންނަ އަސާ؛ ޗާބޫކު؛ ހަންމުށި؛ އަދި މިތަކެތީގ ބައިބައި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) އާދައިގެ ކުޑަ 

15%

ޗެޕްޓަރ 67

ދޫނިފަތާއި، ފުށްފަތް، އަދި ދޫނިފަތާއި ފުށްފަތުން ތައްޔާރުކޮށްފައި ހުންނަ އެއްޗެއްސާއި،  މަސްނޫއީ މާމެލާމެލި، އިސްތަށިން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 68

ހިލައާއި، ޕްލާސްޓަރާއި، ސިމެންތިއާއި، އެސްބެސްޓޮސްއާއި، އުޑުވިލާ; މިތަކެތިން އުފައްދާފައި ހުންނަ އެއްޗެހި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި
ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ޓިނު

15%

 

(ނ) ފިލާ (ށީޓް، ޕްލޭޓް)

15%

 

(ރ) ތިނބި

15%

 

(ބ) އެޅިގާ

15%

 

(ޅ) ފެންވައިރު ކުރުމަށް ބޭނުންކުރާ ހޮޅިއާއި ފިޓިންގްސް 

15%

ޗެޕްޓަރ 69

ސެރަމިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ޓޭބަލް ވެއަރއާއި ކިޗަން ވެއަރ

10%

ޗެޕްޓަރ 70

ބިއްލޫރިއާއި ބިއްލޫރިން ތައްޔާރުކޮށްފައި ހުންނަ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި
ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ފަސިންޖަރުން އުފުލަން ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ބިއްލޫރިގަނޑާއި ލޯގަނޑާއި މިނޫންވެސް ބިއްލޫރިން ހަދާފައި ހުންނަ ތަކެތި 

100%

 

(ނ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިނާއީ ކަންކަމުގައި ބޭނުންކުރުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ބިއްލޫރިގަނޑާއި ލޯގަނޑާއި މިނޫންވެސް ބިއްލޫރިން ހަދާފައި ހުންނަ ތަކެތި 

35%

 

(ރ) ބިއްލޫރިއާއި، ބިއްލޫރި ޓޭބަލްވެއަރއާއި ކިޗަންވެއަރ 

10%

 

(ބ) ނަންބަރު އައިނުގެ ލޯ

5%

 

އޮޓޯސައިލާއި މޮޓޯސައިލްގެ ލޯގަނޑު

100%

 

(ކ) ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ބިއްލޫރިގަނޑާއި ލޯގަނޑާއި މިނޫންވެސް ބިއޫްލރިން ހަދާފައި ހުންނަ ތަކެތި 

5%

ޗެޕްޓަަރ 71

މުތާއި، ޖަވާހިރާއި، އަގުބޮޑު މައްދަނާއި، އަގުބޮޑު މައްދަނުން ޕްލޭޓްކުރި މައްދަނާއި، މި  އެއްޗެހިން އުފައްދާ ތަކެއްޗާއި، އިމިޓޭށަން ގަހަނާ; ފައިސާފޮތި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 72

ދަގަނޑާއި އެކަތަ

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

15%

 

(ށ) ދަބަރުނުޖަހާ ދަގަނޑު 

25%

 

(ނ) ނަރު

25%

ޗެޕްޓަރ 73

ދަގަނޑާއި، އެކަތައިން ހަދާފައިހުންނަ ތަކެތި  

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ޓިނު 

15%

 

(ނ) އޮމާންޓިނު، ދަގަނޑު ށީޓް، ދަގަނޑު ޕްލޭޓް 

15%

 

(ރ) ތިނބި 

15%

 

(ބ) ދިޔަދޮވި

15%

ޗެޕްޓަރ 74

ލޮޔާއި، ލޮއިން ހަދާފައި ހުންނަ ތަކެތި  

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ކަބީލާ ަނރު 

15%

ޗެޕްޓަރ 75

ނިކަލާއި، ނިކަލުން ހަދާފައި ހުންނަ ތަކެތި  

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 76

އެލްމެނިޔަމާއި، އެލްމެނިޔަމުން ހަދާފައި ހުންނަ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ޓިނު 

15%

 

(ނ) ތިނބި 

15%

 

(ރ) ދިޔަދޮވި

15%

 

(ބ) އެލްމެނިޔަމް ށީޓް، އެލްމެނިޔަމް ޕްލޭޓް 

15%

ޗެޕްޓަރ 77

ކުރިމަގުގައި ބޭނުންކުރަން ޖެހިދާނެ އެއްޗެހިތަކެއް ލިޔުމަށް، ހާމަނައިޒްޑް ސިސްޓަމުގައި މިޗެޕްޓަރުވަނީ ހުހަށް ބާއްވާފައެވެ.

 

ޗެެޕްޓަރ 78

ތިމަރައާއި، ތިމަރައިން ހަދާފައިހުންނަ ތަކެތި

 
 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 79

ޒިންކާއި، ޒިންކުން ހަދާފައި ހުންނަ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ޓިނު 

15%

 

(ނ) ޒިންކް ށީޓް، ޒިންކް ޕްލޭޓް 

15%

 

(ރ) ތިނބި 

15%

 

(ބ) ދިޔަދޮވި

15%

ޗެޕްޓަރ 80

ޖަސްތާއި، ޖަސްތުން ހަދާފައި ހުންނަ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި  

25%

 

(ށ) ޓިނު 

15%

 

(ނ) ޖަސްތު ށީޓް، ޖަސްތު ޕްލޭޓް 

15%

 

(ރ) ތިނބި 

15%

 

(ބ) ދިޔަދޮވި

15%

ޗެޕްޓަރ 81

ބޭސްމެޓަލް; މައްދަނާއި ތަށިމުށި އެއްކޮށްގެން ހޫނު ހިފަހައްޓާގޮތަށް ތައްޔާރުކޮށްފައި ހުންނަ  ތަކެތި؛ މިބާވަތްތަކުން އުފައްދާފައި ހުންނަ އެއްޗެހި 

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 82

މަސައްކަތް ކުރަން ގެންގުޅޭ އާލާތްތަކުގެ ތެރެއިން ބޭސްމެޓަލުން ހަދާފައިހުންނަ އާލާތް;  އުލާއި، ސަމުސަލާއި، ވަޅި; މިނޫންވެސް މޭޒުމަތީގައި ބޭނުންކުރާ މިބާވަތުގެ އެހެނިހެން  ތަކެތި، ބޭސްމެޓަލުން ހަދާފައިހުންނަ އެއްޗެއްސާ ގުޅޭ ތަކެތި

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

20%

ޗެޕްޓަރ 83

ބޭސްމެޓަލުން ހަދާފައި ހުންނަ ތަފާތު އެހެނިހެން ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތަޅާއި އޮޓޯސައިކަލް ތަޅާއި މޮޓޯސައިކަލް ތަޅު 

100%

 

(ނ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިނާއީ ކަންކަމުގައި ބޭނުންކުރުމަށް ހާއްސަކޮށް ހަދާފައިހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތަޅު 

35%

 

(ރ) ބައިސްކަލް ތަޅު 

 

 

(ބ) ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައި ުހންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ 

5%

ޗެޕްޓަރ 84

ނިއުކްލިއަރ ރިއެކްޓަރާއި، ބޮއިލަރާއި، މެށިނަރީއާއި، މެކޭނިކަލް ތަކެއްޗާއި، މި  އެއްޗެއްސާގުޅޭ ބައިތައް

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

20%

 

(ށ) ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރާގުޅާ ތަކެއްޗާއި މިތަކެތީގެ ބައިބައި 

5%

 

(ނ) އައިސްއަލަމާރި 

5%

 

އޮޓޯސައިކަލާއި، މޮޓޯސައިކަލުގެ އިންޖީނާއި އޭގެ ބައިބަޔާއި ސްޕެއަރ ޕާޓްސް 

100%

 

(ބ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ އިންޖީނާއި އޭގެ ބައިތަކާއި ސްޕެއަރ ޕާޓްސް 

100%

 

(ޅ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިނާއީ ކަންކަމުގައި ބޭނުންކުރުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ އިންޖީނާއި އޭގެ ބައިތަކާއި ސްޕެއަރ ޕާޓްސް 

35%

 

(ކ) ޕޯރކްލިފްޓާއި، ކްރޭނާއި، ރޯލަރާއި، އެކްސްކަވޭޓަރާއި، އަދި މިނޫންވެސް ބިންގަނޑު ކޮނުމަށާއ،ި ވެއްޔާއ،ި އެހެނިހެން އެއްޗެހި އެއްތަނުން އަނެއްތަނަށް ގެންދިޔުމަށާއ،ި ބިންގަނޑު ހަރުކުރުމަށާއ،ި ފަސްގަނޑުޖެހުމަށް ގެންގުޅޭ ފުރޮޅުލާފައި ހުންނަ އިންޖީނުލީ ތަކެއްޗާއ،ި ދަނޑުވެރިކަންކުރަން ގެންގުޅޭ ފުރޮޅުލާފައި ހުންނަ އިންޖީނުލީ ތަކެތި 

 

 

(އ) ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެހީގެ އިންޖީނާއި އޭގެ ބައިތަކާއި ސްޕެއަރ ޕާޓްސް 

 

ޗެޕްޓަރ 85

ކަރަންޓް މެށިނަރީއާއި، ސާމާނާއި، މި އެއްޗެއްސާގުޅޭ ބައިތައް; އަޑު ރެކޯޑްކުރާ އެއްޗެއްސާއި، އަޑު ބޭރުކުރާ އެއްޗެއްސާއި، ޓެލެވިޜަންގެ ފޮޓޯއާއި އަޑު ރެކޯޑްކޮށް ބޭރުކުރާ އެއްޗެއްސާއި، މި އެއްޗެހީގެ ބައިތަކާއި، މި އެއްޗެއްސާގުޅޭ އިތުރުބައިތައް

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ވީޑިއޯ ޕްރޮޖެކްޓަރ 35%

 

(ނ) ވީޑިއޯއާއ،ި ޓެލެވިޜަން ފޮޓޯފެންނަގޮތަށް ހަދާފައި ހުންނަ ތަކެތި 

5%

 

(ރ) ވީޑިއޯ ފޮޓޯއާއި، ޓެލެވިޒަން ފޮޓޯ ރެކޯޑްކުރާގޮތަށާއި، ދެއްކޭގޮތަށް ހަދާފައި ހުންނަ ތަކެތި

5%

 

(ބ) އަޑު ރެކޯޑްކުރާ ތަކެތި 

5%

 

(ޅ) ލަވަޖަހާ ތަކެތި 

5%

 

(ކ) ވީޑިއޯ ޓޭޕް; އޯޑިއޯ ޓޭޕް; ކޮމްޕެކްޓް ޑިސްކްއާއި، ފްލޮޕީ ޑިސްކެޓް; މި ތަކެއްޗާއި އަދި މިނޫންވެސް މިބާވަތުގެ ތަކެތި 

5%

 

(އ) ޓެލެފޯން

5%

 

(ވ) އިލެކްޓްރިކް މެކޭނިކަލް ހޭންޑް ޓޫލް; އިލެކްޓްރިކް މެށިނަރީ; ޖެނެރޭޓަރ 

20%

 

(މ) އިލެކްޓްރިކް ގެވެހި ސާމާނު 

5%

 

(ފ) އަންއިންޓަރަޕްޓަބަލް ޕަވަރ ސަޕްލައި ޔުނިޓް 

5%

 

(ދ) ޑިޖިޓަލް ކެމެރާއާއި ސްޓިލް އިމޭޖް ވީޑިއޯ ކެމެރާ 

5%

 

(ތ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ބަރުގޮނާއ،ި ލައިޓާއ،ި މިނޫންވެސް އަލިފޮނުވުމަށާއ،ި އަޑުފޮނުވުމަށް ބޭނުންކުރާ އެއްޗެއްސާއި ވައިޕަރު

100%

 

(ލ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިނާއީ ކަންކަމުގައި ބޭނުންކުރުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ބަރުގޮނާއ،ި ލައިޓާއ،ި މިނޫންވެސް އަލި ފޮނުވުމަށާއ،ި އަޑުފޮނުވުމަށް ބޭނުންކުރާ އެއްޗެއްސާއ،ި ވައިޕަރު 

35%

 

(ގ) ގޮޓޯ ސައިކަލާއި މޮޓޯސައިކަލްގެ ބަރުގޮނާއ،ި ލައިޓާއ،ި މިނޫންވެސް އަލި ފޮނުވުމަށާއި އަޑު ފޮނުވުމަށް ބޭނުންކުރާ އެއްޗެހި 

100%

 

(ޏ) ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައިހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ބަރުގޮނާއ،ި ލައިޓާއ،ި މިނޫންވެސް އަލިފޮނުވުމަށާއ،ި އަޑު ފޮނުވުމަށް ބޭނުންކުރާ އެއްޗެއްސާއ،ި ވައިޕަރު

5%

ޗެޕްޓަރ 86

ރޭލާއި، ޓްރޭމްއާއި، ރޭލްދަގަނޑުގައި، ދުއްވާ މިނޫންވެސް އެއްޗެއްސާއި، މިއާގުޅޭ ބައިތައް; ރޭލްދަގަނޑާއި، ޓްރޭމް ދަގަނޑާއި، މި ދަގަނޑު ހަރުކުރުމަށް ބޭނުންކުރާ ސާމާނާއި، އެއާގުޅޭ  ބައިތައް; ޓްރެފިކް ސިގްނަލްދޭ ހުރިހާ ވައްތަރެއްގެ މެކޭނިކަލް އަދި އިލެކްޓްރޯ މެކޭނިކަލް ސާމާނު 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

 

 

 

25%

ޗެޕްޓަރ 87

ރޭލްދަގަނޑާއި، ޓްރޭމް ދަގަނޑުގައި ދުއްވާ އެއްޗެހި ފިޔަވައި އެއްގަމުގައި ދުއްވާ އެހެނިހެން އެއްޗެހި; މި އެއްޗެހީގެ އިންޖީނާއި އިންޖީނުގެ ސްޕެއަރ ފިޔަވައި، މި ޗެޕްޓަރުގައި ހިމެނޭ ދުއްވާ އެއްޗެހީގެ ސްޕެއަރއާއި މި އެއްޗެއްސާގުޅޭ އިތުރު ބައިތައް

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

100%

 

(ށ) ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހި ފިޔަވައި ސިނާއީ ކަންކަމުގައި ބޭނުންކުރަން ހާއްސަކޮށް ހަދާފައި ުހންނަ އެއްގަމުގައި ދުއްވާ އެއްޗެހި

35%

 

(ނ) މި ޗެޕްޓަރުގެ (ށ) ގައި ބުނެފައިވާ ދުއްވާ އެއްޗެހީގެ އިންޖީނާއި އިންޖީނުގެ ސްޕެއަރ ފިޔަވައި މި ޗެޕްޓަރުގެ (ށ) ގައި ބުނެފައިވާ ދުއްވާ އެއްޗެހީގެ އެހެނިހެން ބައިތަކާއި މި ބައިތަކުގެ ސްޕެއަރއާއި އިތުރު ބައިތައް 

35%

 

(ރ) ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެއްސާއި އިންޖީނުނުލާ ދުއްވާ އެއްޗެހި 

5%

 

(ބ) މި ޗެޕްޓަރުގެ (ރ) ގައި ބުނެފައިވާ ދުއްވާއެއްޗެހީގެ އިންޖީނާއި އިންޖީނުގެ ސްޕެއަރ ފިޔަވައި މި ޗެޕްޓަރުގެ (ރ) ގައި ބުނެފައިވާ ދުއްވާ އެއްޗެހީގެ އެހެނިހެން ބައިތަކާއި މިބައިތަކުގެ ސްޕެއަރއާއި އިތުރުބައިތައް

5%

 

(ޅ) ބައިސްކަލާއި އޭގެ ބައިބައާއި ސްޕެއަރ ޕާޓްސް

15%

 

(ކ) ބޭބީކެރިޖާއ،ި އޭގެ ބައިބައާއި ސްޕެއަރ ޕާޓްސް 

15%

 

(އ) ވީލްބަރޯއާއި އޭގެބައިބައާއި ސްޕެއަރ ޕާޓްސް  

 

25%

ޗެޕްޓަރ 88

މަތިންދާބޯޓާއި ޖައްވީ އުޅަނދުތަކާއި، މީގެ ތަކެތި

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 89

 ބޯޓްފަހަރާއ ި ފްލޯޓިންގ ސްޓްރަކްޗަރ

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

25%

ޗެޕްޓަރ 90

އޮޕްޓިކަލް އިންސްޓްރޫމެންޓްސް; ފޮޓޯ ނެގުމަށާއި ބައިސްކޯފްފިލްމް ނެގުމަށް ބޭނުންކުރާ ތަކެއްޗާއި، މިނުމާއި މިންނެގުމަށާއި، ޗެކްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، މިއާގުޅޭ އިތުރު  ބައިތަކާއި، ޕްރެސިށަން އިންސްޓްރޫމެންޓާއި، މެޑިކަލް ނުވަތަ ސަރޖިކަލް  އިންސްޓްރޫމެންޓާއި، މިކަމަށް ބޭނުންކުރާ ސާމާނާއި، މިއާގުޅޭ ބައިތަކާއި އިތުރު ބައިތައް

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި 

25%

 

(ށ) ނަންބަރު އައިނާއި އޭގެ ބައިބައ،ި ލޮލުގެ އެތެރެއިންނާއި ބޭރުން ލައްވާ ލެންސް

5%

 

(ނ) ހިތުގެ ވިންދު އުފެއްދުމަށް ބޭނުންކުރާ ގެޖެޓް 

5%

 

(ރ) ހިޔަރިންގ އެއިޑް 

5%

 

(ބ) އޮތޯޕީޑިކް އެޕްލަޔަންސަސް 

5%

 

(ޅ) ދަތާއި ދަތްޕިލައާއި ތަލި 

5%

 

(ކ) ހުރިހާ ވައްތަރެއްގެ މެޑިކަލ،ް ސަރޖިކަލ،ް ޑެންޓަލް މެށިނަރީ 

 

 

(އ) މެޑިކަލ،ް ސަރޖިކަލ،ް ޑެންޓަލް ސާމާނު 

 

 

(ވ) ސްކޫލް ކުދިންގެ ކިޔެވުމަށް ބޭނުންކުރާ ތަކެތި 

10%

 

(މ) ފޮޓޯގްރެފިކް ކެމެރާ 

5%

 

(ފ) ސިނަމެޓޮގްރަފިކް ޕްރޮޖެކްޓަރ 

 

35%

ޗެޕްޓަރ 91

ހުރިހާ ބާވަތެއްގެ ގަޑިއާއި، މި އެއްޗެހީގެ ބައިތަކާއި، މި އެއްޗެއްސާގުޅޭ ތަކެތި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ގަޑިއާއި ގަޑީގެ ބައިބައި 

 

5%

ޗެޕްޓަރ 92

މިއުޒިކްކުޅޭ ސާމާނާއި، މި އެއްޗެހީގެ ބައިތަކާއި، އިތުރު ބައިތަކާއި، މި އެއްޗެއްސާގުޅޭ  ތަކެތި

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

 

 

10%

ޗެޕްޓަރ 93

ހަތިޔާރާއި، ވަޒަނާއި، މި އެއްޗެހީގެ ބައިތަކާއި، މި އެއްޗެއްސާގުޅޭ ބައިތައް

 

 

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

 

35%

ޗެޕްޓަރ 94

ފަރުނީޗަރު; ގޮދަޑި; ބާލީސް; ތަންމައްޗާއި، އެތެރެއަށް އެއްޗެހި ލައްވާފައި ހުންނަ ތަންމަތި ބާވަތުގެ އެހެނިހެން އެއްޗެއްސާއި، އެހެން ޗެޕްޓަރެއްގައި ހިމެނިފައިނުވާ ބައްތިއާއި،  ލައިޓިންގ ފިޓިންގާއި، ދިއްލޭ ނަންބޯޑާއި، ނިށާނާއި، ނަންނަމާއި، މިނޫންވެސް  މިބާވަތުގެ އެހެނިހެން ތަކެތި؛ ރާވާގޮތަށް ތައްޔާރުކޮށްފައި ހުންނަ އިމާރާތް  

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ފަރުނީޗަރާއ،ި ގޮދަޑިއާއ،ި ބާލީހާއ،ި ތަންމަތި 

20%

 

(ނ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ގޮނޑިއާއި ގޮނޑީގެ ބައިބައި

100%

 

(ރ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިނާއީ ކަންކަމުގައި ބޭނުންކުރުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ގޮނޑިއާއި ގޮނޑީގެ ބައިބައި

35%

 

(ބ) މި ޗެޕްޓަރުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ނުކުޅެދޭ މީހުންނަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ގޮނޑިއާއި ގޮނޑީގެ ބައިބައި

 

5%

ޗެޕްޓަރ 95

ކުޅޭއެއްޗެއްސާއި، ކުޅިވަރުކުޅޭ ސާމާނާއި، މި އެއްޗެހީގެ ބައިތަކާއި، މި އެއްޗެއެއްސާގުޅޭ ބައިތަކާއި، ތަކެތި

- މި ޗެޕްޓަރުގައި ހިމެނޭ އެންމެހައި ތަކެތި 

 

 

 

25%

ޗެޕްޓަރ 96

އުފައްދާފައި ހުންނަ ތަފާތު ވައްތަރުގެ އެއްޗެހި

 

 

(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

25%

 

(ށ) ޑްރޯވިންގ ބޯޑާއ،ި ރައިޓިންގ ބޯޑާއ،ި ވައިޓް ބޯޑު  

10%

 

(ނ) ލިޔެކިޔުމަށް ބޭނުންކުރާ ފަންސުރާއި، ގަލަމާއި، ޗޯކާއި، ކުރަހާ ފިއްސާއި، ކްރެޔޯންސް

10%

 

(ރ) ދުންފަތުގެ އިސްތިއްމާލުކުރުމަށް ބޭނުންކުރާ ތަކެތި 

 

50%

 

ޗެޕްޓަރ 97

ވާރކްސް އޮފް އާރޓް; ކަލެކްޓަރސް ޕީސަސް; އާސާރީ ތަކެތި

- މި ޗެޕްޓަރުގައިހިމެނޭ އެންމެހައި ތަކެތި 

 

25%

   

8 ވަނަ މާއްދާ -

(ހ) އިގްތިސީާދގޮތުން ދިވެހިރާއްޖޭއަށް ބޭނުންތެރި މަސައްކަތްތައް ފެށްޓުމާަށާއި، ކުރުމަށާއި، ހިންގުމަށް އިމްޕޯޓްކުރާ ތަކެތިން ސަރުކާރަށް ދައްކަންވާ ޑިއުޓީ، ގިނަވެގެން 10 އަހަރު ދުވަހަށް މައާފްކުރުމު އިހްތިޔާރު ރީައސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ.

(ށ) (ށ) ދިވެހިރާއްޖޭގެ ރައްޔިތުންގ،ެ ނުވަތަ ރަ ެށއް ެގ މުޅި ރައްޔިތުންގެ އާންމު ަފއިދާއަ ްށޓަކައި އިމްޕޯޓްކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ، ނުވަތަ އިމްޕޯޓް ޑިއުޓީން ބައެއ،ް ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، މައާފްކުރުމުގެ ިއހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.  

(ނ) ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާ ްތތަކުން ރާއްޖެ ގެންނަ އަދި ގެންދާ ތަކެތީގެ ޑިއުޓީ ދިވެހިރާއްޖެ ގަބޫލު ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން އިސްތިސްނާ ކުރެވޭނެއެވެ.

 

9 ވަނަ މާއްދާ -

އެހެން ގާނޫނަކުން ޑިއީުޓ އިސްތިސްނާކުރުމުގެ އިހްތިޔާރު ދިވެހިސަރުކާރަށް ލިބިދޭ ފަރާތަކާމެދު ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ދިވެހި ސަރުކާރުން އަމަލުކުރުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.

 

10 ވަނަ މާއްދާ

ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން، ނުވަތަ ދިވެހިސަރުކާރާ ބޭރު ގައުމެއްގެ ސަރުކާރަކާ ދެމެދު ކުރެވޭ އެގްރީމަންޓެއްގެ ދަށުނ،ް ރާއްޖެއަށް ގެންނ،ަ އަދި ރާއްޖެއިން ގެންދާ ތަކީެތގެ ޑިއީުޓގެ މައްސަލަ، އެމުއާހަދާއެއް ނުވަތަ އެ އެގްރީމަންޓެއްގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.

 

11 ވަނަ މާއްދާ

(ހ) އިމްޕޯޓް ކުރުމުގައި އަގު އެނގެން ނުހުންނަ ތަކެއްޗާއި، އާންމު ގޮތެއްގައި އިމްޕޯޓްކޮށްފައި ހުންނަ އަގަށްވުރެ ދަށް އަގެއްގައި ހުންނަ ތަކެތިން ޑިއުޓީ ދައްކާނެ އަގެއް ކަނޑައަޅާނީ އެދުވަސްވަރެއްގައި އާންމުކޮށް ރާއްޖެއަށް ތަކެތި ިއމްޕޯޓް ކޮށްފައި ހުންނަ އަގުތަކަށް ބަލައިގެން ދިވެހި ސަރުކާރުންނެވެ.  

(ށ) އެކްސްޕޯޓް ކުރުމުގައި އަގު އެނގެން ނުހުންނަ ތަކެއްޗާއި، އާންމު ގޮތެއްގައި އެކްސްޕޯޓް ކޮށްފައި ހުންނަ އަގަ ްށވުރެ ދަށް އަގެ ްއގައި ހުންނަ ތަކެތިން ޑިއުޓީ ދައްކާނެ އަގެއް ކަނޑައަޅާނީީ އެދުވަ ްސވަރެއް ަގއި އާންމުކޮށް ރާއްޖޭން ތަކެތި އެކްސްޕޯޓް ކޮށްފައި ހުންނަ އަގުތަކަށް  ބަލައިގެން ދިވެހި ސަރުކާރުންނެވެ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ދިވެހިސަރުކާރުން ކަނޑައަޅާ އަގާމެދު މުދަލުގެ ވެރިފަރާތުން ގަބޫލު ނުކުރާ މައްސަލައެއް އޮވެއްޖެނަމަ، އެ އަގުން ޑިއުޓީ ދެއްކުމަށްފަހު އެމައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ. އެމައްސަލައިގައި އެފަރާތުން ހުށަހަޅާ އަގަކީ ސައްހަ އަގެއްކަން ށަރީއަތަށް ސާބިތު ވެއްޖެނަމަ، ޑިއުޓީއަށް އިތުރަށް ދައްކާފައިވާފައިސާ، ދިވެހި ސަރުކާރުން އެމުދަލުގެ ވެރިފަރާތަށް އަނބުރާ ދޭންވާނެއެވެ.

 

12 ވަނަ މާއްދާ

މިގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން ޑިއުޓީ ދައްކާނެ އަގެއް، ދިވެހިސަރުކާރުން ކަނޑައަޅަންޖެހޭ މައްސަލަތަކުގައި އެމުދަލެއް އިމްޕޯޓް ކުރާ ނުވަތަ އެކްސްޕޯޓް ކުރާ ފަރާތުން ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަން ސާބިތު ނުވާނަމަ، އެއީ މިގާނޫނާ ހިލާފުވި ކަމަކަށް ނުބެލެވޭނެއެވެ. 

 

13 ވަނަ މާއްދާ

(ހ) މި ގާނޫނުގަ ިއވާ ގޮތުގެމަތިން ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް  ދިވެހިރާއްޖެއަށް ސިއްރުން އެތެރެ ކުރުމާއި އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ދިވެހިރާއްޖޭން ސިއްރުން ބޭރުކުރުމާއި، ޑިއުޓީ ދައްކަންޖެހޭ އެއްވެސް މުދަލެއް އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމަށްޓަކައި ިދވެހިރާއްޖެއަށް ސިއްރުން އެތެރެކުރުމާއި، ދިވެހިރާއްޖޭން ސިއްރުން ބޭރުކުރުމާއި،  މިއިންކަމެއް ކުރަން އުޅުމަކީ ކުށެކެވެ.   

(ށ) ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ކަމަށް ބެލޭނީ، މުދަލެއް ދިވެހިރާއްޖެއަށް ގެނައުމާއެކު، އެމުދަލެއް ބޭލުމަށް ކަސްޓަމްސުން ކަނޑައަޅާ ސަރަހައްދުނޫން ތަނަކަށް އެމުދަލެއް ބޭލުމަށް، ނުވަތަ ދިވެހިރާއްޖެއަށް ގެންނަ މުދާ ބަހައްޓަން ކަސްޓަމްސުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހުއްޓާ، ކަސްޓަމްސަށް ނާންގައ،ި ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެ ސަރަހައްދުން މުދާ ބޭރަށްގެންދިއުމަށް، ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި ރާއްޖެއަށް މުދާ އެތެރެ ކުރުމަށެވެ.

(ނ) ދިވެހިރާއްޖޭން  ސިއްރުން މުދާ ބޭރުކުރުން ކަމަށް ބެލޭނީ ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުގެ ހުއްދަ ނުހޯދައ،ި ދިވެހިރާއްޖޭން މުދާ ބޭރުކުރުމަށް ނުވަތަ ދިވެހިރާއްޖޭން ބޭރުކުރާ މުދާ ބަހައްޓަން ކަސްޓަމްސުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުދާ ހުއްޓާ ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެ ސަރަހައްދުން ބޭރަށް ގެންދިއުމަށް ނުވަތަ ފޮނުވުމަށް، ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި، ރާއްޖެއިން ބޭރަށް މުދާ ގެންދިއުމަށް ނުވަތަ ފޮނުވުމަށެވެ.

 

14 ވަނަ މާއްދާ

(ހ) މި ގާނޫނުގެ 13 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ އެފަދަ ކުށެއް ކުރަން އުޅެފިނަމަ، މިގާނޫނުގެ ދަށުން ކަނޑއެޅޭ އަދަބު ދިނުމާއެކު، އެކަމެއްގައި ހިމެނޭ މުދާ، ބަދަލު ދިނުމަކާނުލައި އަތުލެވޭނެއެވެ. އަދި ސިއްރުން މުދާ އެތެރެކޮށްގެން ނުވަތަ ބޭރުކޮށްގެން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައިވާނަމަ، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެމުދަލެއް ނުވަތަ ފައިސާއެއް އަތުލެވޭނެއެވެ.   

(ށ) ދިވެހިރާއްޖެއަށް ސިއްރުން މާުދ އެތެރެކޮށްފި މީހެއްގެ ނުވަތަ ދިވެހިރާއްޖޭން ިސއްރުން މުދާ ބޭރުކޮށްފި މީހެއްގެ އަދަބަކީ، 6 މަސްދުވަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދު ކުރުމެވެ.

(ނ) ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން ނުވަތަ ދިވެހިރާއްޖޭން ސިއްރުން މުދާ ބޭރުކުރަން އުޅެފި މީހެއްގެ އަދަބަކީ، 4 މަސްދުވަހާއި،  1/2 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން،  ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 10,000 ރުފިޔާއާއި 100,000  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ރ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައިވާ ކުށް ތަކުރާރު ކޮށްފިނަމަ، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް، ކުށް ތަކުރާރުކުރި ކޮންމެ ފަހަރަކަށް 1 އަހަރަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، އިތުރު ކުރެވޭނެއެވެ. 

(ބ) މުދާ އިމްޕޯޓް ކުރުމުގައި އޮޅުވާލައިގެން ދަށްއަގެއް ހުށަހަޅައިފިނަމަ، ފުރަތަމަ ފަހަރު އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ގުނައަށްވުރެ ބޮޑު ނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއި، އެއްފަހަރަށްވުރެ ގިނަފަހަރަށް މިކުށް ކޮށްފިނަމަ، އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއެކު، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އެފަރާތަކުން ިއމްޕޯޓް ކުރުން ބަންދު ކުރުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.     

(ޅ) މުދާ އެކްސްޕޯޓް ކުރުމުގައި އޮޅުވާލައިގެން ދަށްއަގެއް ހުށަހަޅައިފިނަމ،ަ ފުރަތަމަފަހަރު އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނަ ައށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއި، އެއްފަހަރަށްވުރެ ގިނަ ފަހަރަށް މިކުށް ކޮށްފިނަމަ، އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއެކު، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އެފަރާތަކުން އެކްސްޕޯޓް ކުރުން ބަންދު ކުރުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

(ކ) މި ގާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށްތައް ފިޔަވައި މި ގާނޫނުގެ އެހެން މާއްދާއަކާ ހިލާފު ވެއްޖެނަމަ، އެކަމުގައި ހިމެނޭ މުދަލެއްގެ ހަމަ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އަމަލެއްކުރަން އުޅެފިކަން އެނގިއްޖެނަމަ، އެކަމެއް ހިންގަން ބޭނުންކުރި ނުވަތަ ބޭނުންކުރަން އުޅުނު މުދަލުގެ ހަމައަގަށްވުރެ ބޮޑުނޫން އަދަދަކުން އެ އަމަލެއް ހިންގަން އުޅުނު ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. 

(އ) މި މާއްދާގެ (ބ) (ޅ) (ކ) ގައިވާގޮތުން ކުރެވޭ ޖޫރިމަނާއަކާމެދު ޖޫރިމަނާ ކުރެވުނު ފަރާތުން ގަބޫލު ނުކުރާ މައްސަލައެއް އޮވެއްޖެނަމަ، އެ ޖޫރިމަނާއެއް ދެއްކުމަށްފަހު، އެ މައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ. އެ މައްސަލައިގައި އެފަރާތް ގާނޫނާ ހާިލފު ނުވާކަމަށް ށަރީއަތުން ނިންމައިފިނަމ،ަ އެ ފަރާތުން ދައްކާފައިވާ ޖޫރިމަނާ ސަރުކާރުން އެފަރާތަކަށް އަނބުރާ ދޭންވާނެއެވެ. 

 

15 ވަނަ މާއްދާ

މިގާނޫނުގައި:-

(ހ) ރީއެކްސްޕޯޓް ކުރުމަކީ، ގާަވއިދުން ދިވެހިރާއްޖެއަށް އިމްމޯޓް ކުރެވިފައިވާ ތަކެތި، އެ ތަކެތީގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖޭން ބޭރަށް ގަވާއިދުން ގެންދިއުމެވެ.

(ށ) އެފް.އޯ.ބީ. އަގަކީ ތަކީެތގެ އަގާއި، ބަނދަރުގައި، ނުވަތަ ވައިގެ ބަނދަރުގައި އޮތް އުޅަނދަކަށް އެތަކެތި އެރުވުމާ ހަމައަށް ހިނގި ހަރަދެވެ. މިހަރަދުގެ ތެރޭގައި ނާލާއި އިންށުއަރެންސެއް ނުހިމެނެއެވެ. 

(ނ) ސީ.އައި.އެފް. އަގަކީ، ތަކެތީގެ އަގާއި، އިންށުއަރެންސާއި، ނާލާއެކު އެއްޗަކަށްޖެހޭ އަގެވެ.

(ރ) ސ.ީއެންޑް އެފް. އަގަކީ، ތަކީެތގެ އަގާއި، ނާލާއެކު އެ އެއްޗަކަށްޖެހޭ އަގެވެ.

(ބ) އެޑްވެލޮރަމް ޑިއުޓީއަކީ، ޑިއީުޓގެ މިންވަރުކަ ކަމުގައި ކަނޑައަޅާ މުދަލުގެ އަގުގެ އިންސައްތައެވެ. 

(ޅ) ސްޕެސިފިކް ޑިއުޓީއަކީ، މުދަލުގެ އަދަދަށް، ނުވަތަ ބަރުދަނަށް، ނުވަތަ މުދަލުގެ ކުޑަބޮޑުމިނަށް ނިސްބަތްކޮށް ކަނޑައެޅޭ ޑުއޓީގެ ގޮތުގައި ކަނޑައަޅާ ވަކި މިންވަރެކެވެ.      

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

10 ވަނަ އިސްލާހު

11 ވަނަ އިސްލާހު

12 ވަނަ އިސްލާހު

13 ވަނަ އިސްލާހު

14 ވަނަ އިސްލާހު

15 ވަނަ އިސްލާހު

16 ވަނަ އިސްލާހު

17 ވަނަ އިސްލާހު

18 ވަނަ އިސްލާހު

19 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލު ގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2024-38)
  2. އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު (ނަންބަރު 1979-31) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު (އުސޫލު ނަންބަރު 2024-27)
  3. އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު (ނަންބަރު 1979-31) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު (އުސޫލު ނަންބަރު 2024-01)
  4. މާލެ ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-67)
  5. އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު (ނަންބަރު 1979-31) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލު (އުސޫލު ނަންބަރު 2016-03)
  6. ހަލާލު ސެޓިފިކެޓް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-1651)
  7. މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-34)
  8. ބެއާބޯޓު ރަޖިސްޓްރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-45)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު