ގާނޫނީ ރަދީފު
"އަސަރުތައް ކުޑަކުރުން ނުވަތަ އަސަރު ނުކުރާނެ ގޮތް ހެދުން" ކަމަށް ބުނެފައި އެވަނީ؛
- ކަމެއް ނުވަތަ ކަމެއްގެ ބައެއް ނުކޮށް ދޫކޮށްލައިގެން، އެކަމުންކުރަން އޮތް އަސަރު އެއްގޮތަކަށްވެސް ނުކުރާނޭ ގޮތް ހެދުމަށް؛
- މަށްރޫއެއްގައި އެކުލެވޭ ވަކި ހަރަކާތެއް ހިންގުމުގައި އެކަމެއް ކޮންޓްރޯލްކޮށްގެން ނުވަތަ ވަކި މިންގަ ނޑެއްގައި ހިފަހައްޓައިގެން އެކަމަކުން ނުކުމެދާނޭ ނޭދެވޭ އަސަރު ވީހާ ކުޑަކުރުމަށް؛
- ތަރައްގީކުރުމުން ނުކުންނާނޭ ރަނގަޅު އަސަރުތަކުން އެންމެ އެކަށީގެންވާ ފައިދާ ލިބޭނޭގޮތް ހެދުމަށް؛
- ގެއްލުން ލިބިފައިވާ ވެށި ރަނގަޅުކުރުމަށްޓަކައި މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމާއި އާލާކުރުމާއި، ކުރިން ހުރި ގޮތަށް އިއާދަކުރުމަށް؛
- އަމަލީ މަސައްކަތްތައް ހިނގަމުންދާ މުއްދަތުގައި ތިމާވެށި ދެމެހެއްޓޭގޮތަށް މަސައްކަތްކޮށްގެން ތިމާވެށްޓަށް ދިގުމުއްދަތުގައި ކުރާނެ އަސަރު ކުޑަކުރުމަށް ނުވަތަ އެއްގޮތަކަށްވެސް އަސަރު ނުކުރާނޭ ގޮތް ހެދުމަށް؛
- ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ލިބުނު ގެއްލުމަށް އަޅާކިޔޭނެ ހިދުމަތެއް/ކަމެއް ތިމާވެށްޓަށް ކޮށްދިނުން.
"އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައި ދިނުމަށްޓަކައި ދޭންޖެހޭ ހިދުމަތަށެވެ.
"އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައިދިނުމަށް ޓަކައި ދޭންޖެހޭ ހިދުމަތަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކަށް އެ އިމާރާތުގައި ދިރިއުޅުމަށްޓަކައި ދުވަހުން ދުވަހަށް ބޭނުންކުރަންޖެހޭ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތްތަކަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހިދުމަތްތަކަށެވެ.
"އަސާސީ ކަންކަމާއި ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ކެއިންބުއިމާއި، ދިރިއުޅޭނެ ތަނަކާއި، އަންނައުނާއި، ބޭސް ފަރުވާއާއި، ތައުލީމާއި އަދި މި ނޫންވެސް މިފަދަ އަސާސީ ކަންކަމަށެވެ.