ގާނޫނީ ރަދީފު
"އަދަރ އިފެކްޓިވެ އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް)" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެކިއެކި މަންފާތަކާއި ބޭނުންތަކަށް (ސަގާފީ ބޭނުންތަކާއި، އިޖުތިމާއީ ބޭނުންތަކާއި، އިގްތިސާދީ ބޭނުންތަކާއި، އެހެނިހެން ބޭނުންތަކަށް ) މަގުފަހިކުރުވާ ވަކި ސަރަހައްދުތަކެކެވެ.
"އަދަބީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ފޮތާއި، މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ވަޒަން ބަހުރުވަ (ބަންޖާއި، ފަރިއްސާއި، ރައިވަރާއި، ކާއާއި، އަންބާ ހިމެނޭގޮތުން) އާއި ލަވަފަދަ، ބަސް ބޭނުންކޮށްގެން މާނައެއް ދޭހަވާފަދަ ގޮތަކަށް އުފައްދާފައި ހުންނަ ކޮންމެ ފަންނީ އުފެއްދުމަކަށެވެ.
"އަދަބު ތަންފީޒުކުރާ އިދާރާ" ކަމަށް ބަޔާންކޮށްފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށެވެ.
"އަތުލިޔުމުގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ ސާމްޕަލަށެވެ.
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ފުލުހުން އެދުމުގެ ކުރިން އޭނާ ލިޔެފައިވާ ލިޔުމެއްގެ އަސްލު، އަދި
- އަތުލިޔުމުގެ ސާމްޕަލެއް ދިނުމަށް ފުލުހުން އެދުމުން ދޭ ލިޔުމުގެ ނަމޫނާ.