ގާނޫނީ ރަދީފު
"އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށެވެ.
"އާންމު ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފާ ފުރުމަށް ބޭނުންވާ ޖެޓީ/ފާލަން ހެދުމަށާއި، ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.
"އާންމު ކުނި" ކަމަށް ބުނެފައި އެވަނީ، ގޯތިގެދޮރުން އުފައްދާ ކުންޏާއި، އިގްތިސާދީ ހަރަކާތްތަކުން އުފައްދާ ކުނީގެ ތެރެއިން ގޯތިގެދޮރުން އުފައްދާ ކުންޏާ އެއް ސިފަތަކެއް ހުންނަ ކުންޏަށެވެ.
"އާންމު އިންސްޓްރަކްޓަރުން" ކަމުގައި ބުނެފައި އެވަނީ، ދުއްވަން ދަސްކޮށްދިނުމުގެ ފީ ނެގުމަކާ ނުލައި، ޑްރައިވިންގ ސްކޫލެއްގައި ރަޖިސްޓަރީނުވެ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ވަކި މުއްދަތަށް ދޭ ހުއްދައެއްގެ ދަށުން، ވަކި ފަރާތްތަކަކަށް ވަކި މުއްދަތަކަށް، ދުއްވަން ދަސްކޮށްދޭ ފަރާތްތަކަށެވެ.
"އާންމު އިޖުތިމާއީ ބޭނުން" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް އެންމެންނަށް ހުޅުވައިލައިފައިވ،ާ އަގަކާ ނުލައި އެ ތަންތަން ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ (މިސާލަކަށް: ކުޅިވަރު ކުޅޭ ދަނޑުތައް، ޕާކުތައް، މައިޒާންތައް، ހޮޅުއަށިތައް) އެންމެހައި ތަންތަނަށެވެ.
"އާންމު މުވައްޒަފުން" ނުވަތަ "މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން، ފުލުހުންނާއި ޕޮލިސް ރެކްރޫޓުންނާއި ސްޕެށަލް ކޮންސްޓަބަލުން ނޫން އެހެން މުވައްޒަފުންނަށެވެ.
"އާންމު ފަރާތް" ކަމަށް ބަޔާންކޮށްފައި އެވަނީ، ލޯކަލް ކައުންސިލްތައް ނުހިމެނޭ ގޮތުގެ މަތީން، ތަބީއީ އަދި ގާނޫނީ ށަހްސު ހިމެނޭ ގޮތަށެވެ.