ގާނޫނީ ރަދީފު
"ކޮމިއުނިޓީ ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި މުޖުތަމައާ ގުޅިގެން ހިންގާސްކޫލްތަކަށެވެ.
"ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ރަށު/އަތޮޅު/ސިޓީތަކުން އިންތިހާބުގެ މަސައްކަތްކުރުމަށް ޓަކައި އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ކޮމިޓީތަކަށެވެ.
"ކޮމްޕިއުޓަރ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ބޭނުންކުރެވޭ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އިލެކްޓްރޯކެމިކަލް ސާމާނާއި، މިފަދަ ގުޅުންހުރި ތަކެއްޗާއި، އަދި ހިސާބު ހެދުމަށާއި، ހަމަ ބޭނުންކޮށްގެން ކުރާ ކަންކަމަށާއި، މައުލޫމާތު ރައްކާކުރުމަށާއި އަދި މުއާމަލާތް ފަހިކޮށްދޭ ގުޅުންހުރި ނުވަތަ އެ ބާވަތުގެ ތަކެއްޗާ ގުޅައިގެން މިފަދަ ކަމެއްކުރެވޭ ތަކެއްޗަށެވެ ނަމަވެސް އެ މާނައިގައި ތިރީގައި ބަޔާންކުރެވޭ އެއްޗެހި ނުހިމެނޭގޮތުންނެވެ.
- އޮޓޮމެޓިކް ޓައިޕްރައިޓަރ، ޓައިޕްސެޓަރ؛
- ހިފާގެންގުޅޭ ކަ ލްކިއުލޭޓަރ؛
- ޕްރޮގްރާމްނުކުރެވޭ ނުވަތަ މައުލޫމާތު ރައްކާނުކުރެވޭ ޒާތުގެ ތަކެތި؛
- އެހެންވެސް މި ބާވަތުގެ ތަކެތި ކަމުގައި ދައުލަތުގެ ކަމާގުޅޭ އިދާރާއަކުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް އިއުލާންކުރާ ތަކެތި.
"ކޮމްޕިޓެންސީ ޕްރޮފައިލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާބިލުކަން ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށް މިނިސްޓްރީން ތައްޔާރުކުރާ ލިޔުމަށެވެ.
"އާންމު ހާލަތު" ނުވަތަ "ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާއަށް ށަރުތު ހަމަވާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ކުރިމަތިލައި،ނުކުޅެދުންތެރިކަން ނުހުންނަ މީހުންނާ ވާދަކޮށްގެން ވަޒީފާގެ ފުރުސަތު ހޯދުމަށެވެ.