ގާނޫނީ ރަދީފު
"ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.
"ކުއްޖާ ނުވަތަ ކުދިން" ކަމުގައި ބުނެފައި އެވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހީއަށް އެދޭ ފަރާތުން ބަލަހައްޓަމުންދާ 18 އަހަރުން ނުފުރޭ ކުދިންނަށެވެ.
"ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން" ކަމުގައި ބުނެފައި އެވަނީ، ކުއްޖާއަށް ލިބިދާނެ އެއްވެސް އަނިޔާއަކުން ނުވަތަ ގޯނާއަކުން ސަލާމަތްކަން ހޯދައި ދިނުމެވެ. މީގެ ތެރޭގައި ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ހިމެނޭނެއެވެ.
"ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިޔަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާނުކޮށްފައި ނުވާ ފިރިހެނާއަށެވެ.
"ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.