-

ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް

''ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށާއި، އެ ކުދީންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމްއާއި އަމިކަސް-ކިއުރިޔައިގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކަށެވެ.