ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކުންފުނިތަކުގެ ގްރޫޕެއް
"ކުންފުނިތަކުގެ ގްރޫޕެއް" ކަމަށް ބުނެފައި އެވަނީ، ބަލަދުވެރި ކުންފުންޏާއި އެ ބަލަދުވެރި ކުންފުންޏެއްގެ %51 (ފަންސާސް އެކެއް އިންސައްތަ) އަށްވުރެ މަދުނޫން ހިއްސާ އެކުލެވިގެން އެ ބަލަދުވެރި ކުންފުނިން ކޮންޓްރޯލް ކުރަމުންގެންދާ އަތްދަށު ކުންފުނިތަކަށެވެ.
ކުންފުނިތަކުގެ ގްރޫޕް
"ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 86 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.
ކުންފުނިތަކުގެ ގްރޫޕް
"ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މާލީ ކަންތައްތައް ދައްކުވައިދޭ ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ހާލަތެއްގައި، އެ ކުންފުނިތަކަށެވެ.
ކުންފުނީގައި އެކަށީގެން މަސްލަހަތެއް ލިބިފައިވާ މީހަކު
"ކުންފުނީގައި އެކަށީގެން މަސްލަހަތެއް ލިބިފައިވާ މީހަކު" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުމުގެ ހައްގު ލިބިދޭ ހިއްސާތަކުގެ ތެރެއިން މަދުވެގެން %5 (ފަހެއް އިންސައްތަ) ހިއްސާގެ މައްޗަށް ވޯޓުލުމުގެ ބާރު ހިންގޭ މީހަކަށެވެ.
ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް
"ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް" ކަމަށް ބުނެފައި އެވަނީ ޓްރަސްޓާއި، ޕާރޓްނަރށިޕާއި، ސަރުކާރާއި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އިގްތިސާދީ މަސްލަހަތަށްޓަކައި، އެއް ބައެއްގެ ގޮތުގައި، އެކަކު އަނެކަކާ ބައިވެރިވެގެން އުޅޭ ގޮތުގައި، ހަރަކާތްތެރިވާ ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށެވެ.
ކުންފުންޏެއްގެ މައްޗަށް ކޮންޓްރޯލް އޮންނަ ފަރާތް
ކުންފުންޏެއްގެ މައްޗަށް ކޮންޓްރޯލް އޮންނަ ފަރާތެއްކަމަށް ބެލެވޭނީ:
(ހ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ކުންފުންޏެއްގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ބާރުލިބިދޭ ހިއްސާ އޮންނަ ފަރާތަކަށެވެ. ނުވަތަ؛
(ށ) އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ޑިރެކްޓަރުން އައްޔަންކުރުމުގެ ބާރު އޮންނަ ފަރާތަކަށެވެ. ނުވަތަ؛
(ނ) އެ ކުންފުންޏެއްގެ މައްޗަށް ބާރު ހިންގާ ފަރާތެއްކަމުގައި އެމް.އެމް.އޭ އިން ކަނޑައަޅާ ފަރާތަކަށެވެ.
ކުރިއެރުން ދިނުން (ފަނޑިޔާރުންނާއި ގުޅޭ)
"ކުރިއެރުން ދިނުން" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރުން ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ބަދަލުކުރުމަށެވެ.
ކުރެހުމާއި ލިޔުންތައް
"ކުރެހުމާއި ލިޔުންތައް" ކަމަށް ބުނެފައިއެވަނީ، އިމާރާތެއް ކުރުމުގައި ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގައި ވަކި ސްޕެސިފިކޭށަންތަކަކާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޑިޒައިންތަކާއި ކުރެހުންތަކާއި ލިޔުންތަކަށެވެ.
ކުޅިވަރާބެހޭ ވަޒީރު ނުވަތަ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް
"ކުޅިވަރާބެހޭ ވަޒީރު" ނުވަތަ "މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ މިނިސްޓްރަށެވެ.
ކުޅިވަރާބެހޭ ވުޒާރާ ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
"ކުޅިވަރާބެހޭ ވުޒާރާ" ނުވަތަ "މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ކުޅިވަރު ފެންގަނޑު
"ކުޅިވަރު ފެންގަނޑު" ކަމަށް ބުނެފައިއެވަނީ، ފަތާ ފެންގަނޑުތަކާއި، ފެތުމަށް ބޭނުންކުރާ މޫދާއި، ސްވިމިންގ ޕޫލާއި، ފެނުގެ ކުޅިވަރުތައް ކުޅުމަށް ތައްޔާރުކޮށްފައިވާ ފެންގަނޑުތަކަށާއި މޫދަށެވެ.
ކުއްލި ހާދިސާ
"ކުއްލި ހާދިސާ" ކަމަށް ބުނެފައި އެވަނީ، އާންމު ހާލަތުގެ ބޭރުން ހިނގާ އެންމެހައި ކަންކަމަށެވެ.

ކުއްލި ހާލަތު
"ކުއްލި ހާލަތު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފުރާނައަށް ނުރައްކާތެރި ހާލަތެއް ދިމާވެގެން، ތިމާ އަމިއްލައަށް ނުވަތަ އެހެން ގޮތަކުން ސަލާމަތްވެވޭނެ ގޮތެއް ނެތުމަށެވެ.