ކުންފުންޏެއްގެ މައްޗަށް ކޮންޓްރޯލް އޮންނަ ފަރާތް
ކުންފުންޏެއްގެ މައްޗަށް ކޮންޓްރޯލް އޮންނަ ފަރާތެއްކަމަށް ބެލެވޭނީ:
(ހ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ކުންފުންޏެއްގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ބާރުލިބިދޭ ހިއްސާ އޮންނަ ފަރާތަކަށެވެ. ނުވަތަ؛
(ށ) އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ޑިރެކްޓަރުން އައްޔަންކުރުމުގެ ބާރު އޮންނަ ފަރާތަކަށެވެ. ނުވަތަ؛
(ނ) އެ ކުންފުންޏެއްގެ މައްޗަށް ބާރު ހިންގާ ފަރާތެއްކަމުގައި އެމް.އެމް.އޭ އިން ކަނޑައަޅާ ފަރާތަކަށެވެ.