ގާނޫނީ ރަދީފު
"ބަންދުވެފައިހުންނަ ތަންތަން" ކަމަށް ބުނެފައިވަނީ، ވަޅު، ވަކި އާނގައަކުން ވަދެ ނިކުމެވޭގޮތަށް ބަންދުކޮށްފައިހުންނަ ތާނގި، ޗަކަވަޅު، ކޮނެފައި ހުންނަ ވަޅުތައް، ބޮޑެތި ހޮޅި، ދުންހޮޅި، ޑަކްޓު، ފުރާޅާއި ސީލިންގާ ދެމެދު އަދި ބޭސްމަންޓް ފަދަ ތަންތަނުގައި ބަންދުކޮށްފައި ހުންނަ ކޮޓަރި ފަދަ ތަންތަން ހިމެނޭގޮތުންނެވެ. އަދި މީގެ އިތުރުން، އެކަށީގެންވާގޮތަށް ވައި ދައުރުނުކުރާ ތަންތަނާއި ވައިގައި އޮކްސިޖަން މަދު ތަންތަން ނުވަތަ ވައި ތަޣައްޔަރުވެފައި ހުންނަ ތަންތަންވެސް، މި މާނައިގެ ތެރޭގައި، މި ގަވާއިދުގެ ބޭނުމަށް ހިމެނޭނެއެވެ.
"ބަންޑާރަ ބިން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މިލްކިއްޔާތުގައިވާ އެނމެހައި ބިންތަކަށެވެ.
"ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯތިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮ ތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.
"ބަންޑާރަމަގު" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.
”ބަންޑް ވޯލް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް އަޅާފައި ބިމުން މަތީގައި ހުންނަ ތާނގީއެއް ނުވަތަ ތާނގީތަކެއްގެ ވަށައިގެން ލާފައިވާ ފާރަށެވެ.
"ބަރުމަރުކާ" ނުވަތަ ޕްލިމްސަލް މާކް ކަމަށް ބުނެފައި އެވަނީ، އުޅަނދު އެންމެ ބޮޑަށް ބަރާކުރެވޭނެ މިންވަރު ފާހަގަކުރަންއުޅަނދުގައި ޖަހައިފައިވާ ނިށާނަށެވެ.
"ބަރުމަރުކާ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ކޮންވެންށަން އޮން ލޯޑް ލައިންސް 1966 ގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރު ސަރވޭކުރުމަށްފަހު، އެ އުޅަނދަކުން މުދާ އުފުލޭނެ މިންވަރު ބަޔާންކޮށްފައި ދޫކުރާ، މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓުފިކެޓަށެވެ.
"ބަރުގޮނު" ކަމަށް ބުނެފައި އެވަނީ، އަޑުނެރުމަށް އުޅަނދުގައި ހަރުކޮށްފައި ހުންނަ ކޮންމެ ވަސީލަތަކަށެވެ.