ގާނޫނީ ރަދީފު
"ބޭންޑު" ކަމަށް ބުނެފައި އެވަނީ، ފެން ބޭނުންކުރާ މިންވަރަށް ބަލައި، ބޭނުންކުރި ފެނަށް އަގު ނެގުމަށް ޓަކައި ދުވާލެއްގެ މައްޗަށް ފެން ބޭނުންކުރާ މިންވަރު ބައިބަޔަށް ބަހައިލުމަށެވެ.
"ބޭރު ގައުމުތަކުގައިވާ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ބޭރު ގައުމެއްގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި ދިވެހިރާއްޖެއަށް ގެނައުމަށް ބޭނުންވާ މީހުންނަށެވެ:
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި.
".ބޭރު ގައުމުތަކުގެ ހުކުމް ތަންފީޒުކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެފަދަ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރުމަށް މި ގާނޫނުގެ ތެއްތިރީސްވަނަ ބާބު "ބޭރު ގައުމުތަކުގެ ހުކުމްތައްދިވެހިރާއްޖޭގައި ތަންފީޒުކުރުން" ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ހުކުމް ތަންފީޒުކުރުމަށެވެ.
"ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ:
- ބޭރު ގައުމެއްގައި، އެ ގައުމެއްގެ ކަމާ ގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި ނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމްނުވާ އުޅަނދު.