-

ބޭރު ގައުމުތަކުގައިވާ ކުށްވެރިން

"ބޭރު ގައުމުތަކުގައިވާ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ބޭރު ގައުމެއްގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި ދިވެހިރާއްޖެއަށް ގެނައުމަށް ބޭނުންވާ މީހުންނަށެވެ:

  1. ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
  2. ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
  3. ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި.