ގާނޫނީ ރަދީފު
"ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކާގެ ބެލުމުގެދަށުގައި ހުރި ކުއްޖެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގަމުންދާ، ނުވަތަ ހިންގާފައިވާ، ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި، އެ ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާ ނުވަތަ މީހުންނަށެވެ.
"ގެވެށި އަނިޔާގެ އަމަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ، އަންނަނިވި އަމަލުތަކުގެ ތެރެއިން، އަމަލެއް ހިންގުމަށެވެ.
- ޖިސްމާނީ އަނިޔާކުރުން.
- ޖިންސީގޮތުން އަނިޔާކުރުން.
- ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން.
- މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން.
- މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާބަނޑުކުރުން.
- އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން.
- މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން.
- ބިރުދެއްކުން.
- ގޯނާކުރުން.
- ފާރަލުން.
- މުދަލަށް ގެއްލުންދިނުން.
- އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ހާލަތްތަކުގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.
- މިނޫންވެސް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި އަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.
- މީހެއްގެ އަމިއްލަ އިހްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިހްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން.
- މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.
- އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.
- ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން.
"ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމުމަކުން ގުޅިފައިވާ ނުވަތަ މީގެ ކުރިން އެފަދަ ގުޅުމަކުން ގުޅިފައިވާ މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގާފައިވާ ނުވަތަ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މީހާއަށެވެ.
"ގެވެށި މަސައްކަތް" ނުވަތަ "ގޭތެރޭގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ކުރާ މަސައްކަތުން އެ ގެއަކަށް އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތަށެވެ.
"ގެވެށި ގުޅުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށެވެ.
- ކައިވެނިކޮށްގެންއުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން.
- އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުން، ނުވަތަ އެގޮތަށް ވަރަށް ފަހަކާޖެހެންދެން އުޅެފައިވާ މީހުން.
- މައިންބަފައިން ކަމުގައިވުން، ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެގޮތުން ނުވަތަ ބަލަދުވެރިއެއްގެގޮތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހެއް ކަމުގައިވުން.
- ނަސަބުގެގޮތުން، ނުވަތަ ގާތްތިމާގެކަމުގެގޮތުން، ނުވަތަ ކައިވެނީގެގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުން.
- ގޭގައި ދަރިންބެލުމަށް، ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށްއުޅޭ މީހުން.
- ޒާތީ ގުޅުމެއްއޮތް މީހުން.
"ގެމެން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ވިހާމަރުވާއާއި، ގޯތިގެދޮރުގެ މައުލޫމާތާއި، ވޯޓުލާ މީހުންގެ ރަޖިސްޓަރީ އާއި، ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފުތަރު ފަދަ، އާބާދީ އާ ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލަށެވެ.
"ގެދޮރު" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ ބޭނުމަށް ގޯއްޗެއްގައި ނުވަތަ އެއްމެދު އިމާރާތެއްގައި އިމާރާތްކޮށްފައިވާ ވަކި ހައުސިންގ ޔުނިޓްތަކަށާއި އެޕާޓްމެންޓްތަކަށެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިސްޓެއް ނޫން ގޮތަކަށް ރާ ްއޖޭގައި ހުރުމަށް ކަމާ ބެހޭ ފަރާތުން ދޭ ހުއްދަ އެވެ.
"ގެސްޓެއް" ނުވަތަ "ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2007) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވިޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2007-01) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވީޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލުގައި ޗެކިންވެފައިވާ ކޮންމެ މީހަކަށެވެ.
"ގެސްޓް ރަޖިސްޓަރީ" ކަމަށްބުނެފައި އެވަނީ، ޓޫރިސްޓް ހޮޓަލުގައި ޗެކިންވެފައިވާ މީހުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއިން ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކަރުދާހުގައި ލިޔެ ރިކޯޑު ކުރެވޭގޮތަށް ކަރުދާހުން ހަދާފައި އޮންނަ ފޮތް ނުވަތަ ފައިލަށެވެ.
"ގެސްޓް ރަޖިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންނާއި ބެހޭ މައުލޫމާތު ނޯޓު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިޭއޝަނުން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެފައި ހުންނަ ރިކޯޑަށެވެ.