ގާނޫނީ ރަދީފު
"ގުޅުން ހުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާގިއާއަކާއި، އެ ވާގިއާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ގާނޫނީ އަދި މާއްދީ ގުޅުމަށެވެ.
"ގުޅުންހުރި އެއްވެސް ވިޔަފާރިއެއް" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ނުވަތަ ވަކި ހިއްސާދާރެއްގެ ހިއްސާ އެހެން ކުންފުންޏެއްގައިވާ ކޮންމެ ކުންފުންޏަކަށެވެ.
"ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް" ކަމަށް ބުނެފައި އެވަނީ، ފާސްކޮށްފައިވާ އެކައުންޓިންގ ސްޓޭންޑަޑްސްގައި އެޔަށް ކަނޑައަޅައިފައި އޮތް މާނައިގައެވެ.
"ގުޅުންހުރި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރަކަށް، ބޮޑު ހިއްސާދާރަކަށް ނުވަތަ އެފަދަ ޑިރެކްޓަރަކަށް ނުވަތަ ބޮޑު ހިއްސާދާރަކާ ގުޅުންހުރި ފަރާތަކަށެވެ.
(ޖ) "ގުޅުންހުރި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ފާސްކޮށްފައިވާ އެކައުންޓިންގ ސްޓޭންޑަޑްސްގައި އެޔަށް ކަނޑައަޅައިފައި އޮތް މާނައިގައެވެ.
"ގުދަން ކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ޓްރީޓްކުރުމުގެ ނުވަތަ ނައްތާލުމުގެ ނުވަތަ ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން ކުނި އެއްތަނަކަށް ޖަމާކޮށްފައި ބަހައްޓާ ބެހެއްޓުމަށެވެ.
"ގުދަންކޮށް ރައްކާކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ އަދަދަކަށް އުޅަނދެއްގައި ނުވަތަ ތަނެއްގައި ރައްކާކުރުމާއި އެހެނިހެން ގޮތްގޮތަށް ގުދަންކުރުމާއި ރައްކާކުރުމަށެވެ.
"ގުދުރަތީ" ވެށި ކަމަށް ބުނެފައި އެވަނީ؛
- ދިރުންހުރި އަދި ދިރުން ނެތް ގުދުރަތީ މާހައުލު.
- ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބާވަތްތައް ދިރިއުޅެމުންދާ މާހައުލުތަކާއި އެ މާހައުލުގެ ނިޒާމުތަކާއި (ޖިއޮލޮޖިކަލް، ފިޒިއޮގްރަފިކަލް، ޖިއޮމޯފޮލޮޖިކަލް، ލިތޯސްޓްރެޓިގްރެފިކަލް، ޕެލިއޮންޓޯލޮޖިކަލް އަދި ހައިޑްރޯލޮޖިކަލް) ހަރަކާތްތައް.
- ސައިންސްގެ ގޮތުން، ނުވަތަ މާހައުލުގެ ރީތިކަމުގެ ސަބަބުން، ނުވަތަ ހިމާޔަތް ކުރުމުގެ ގޮތުން ބަލާއިރު މުހިންމުކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތައް.
"ގުދުރަތީ މާހައުލު" ކަމަށް ބުނެފައި އެވަނީ، ދިރޭ ނަސްލަކަށް ބޭނުންވާ ވަސީލަތްތައް ލިއްބައިދޭ އެ އެއްޗެތި އޭގެ ތިމާވެށްޓާއެކު އުޅުމަށް ބޭނުންވާ ބޭނުންތައް ފުދެން ހުންނަ ތަންތަނަށެވެ.
"ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި" ކަމުގައި ބުނެފައި އެވަނީ:
- ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން، އެ ގާނޫނުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ހިމާޔަތްކުރާ ދިރޭތަކެތި؛
- މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ނުވަތަ އޭގެ ފަހުންވެސް، ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ގޮތުގައި، ގާނޫނުން ބާރުލިބިގެން ވަކި މަގުސަދެއްގައި ހިމާޔަތް ކޮށްފައިވާ ދިރުމެއް؛
- ދިރޭތަކެއްޗާއި، އެ ތަކެތީގެ ޅައެއްޗެއްސާއި، އޭގެ ބިހާއި، އޭގެ ބައިތަކާއި، އޭގެ ބައިތައް ބޭނުން ކޮށްގެން އުފައްދާ ތަކެތި.
"ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް (ޖީ.އެމް.ޕީ.)" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގުވާމ ބެސްޓް ޕްރެކެޓިހާ އެއްގޮތަށް، ބޭސްތައް އުފެއްދުމާއި، ބޭހުގެ ރައްކައުތެރިކަމާއި، ބޭހުގެ ފެންވަރާއި، އެ ބޭހަކުން ފައިދާކުރާ މިންވަރު ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާ (އަބްލިޔު.އެޗް.އޯ.) އިން ކަނޑައަޅައިފައިވާ މިންގަނޑަށެވެ.
"ގެންޓްރީ" ކަމުގައި ބުނެފައި އެވަނީ، ހިނގާބިނގާވެއުޅޭ މީހުންނާއި މުދަލާއި ތަކެތި، އިމާރާތްކުރަމުންދާ ތަނުން އެއްޗެއް ވެއްޓޭހިނދެއްގައި، ރައްކައުތެރިކުރުމަށް މަތިހިޔާކޮށް ހަދައިފައިހުންނަ ވަރުހުރި ބިތްގަނޑަށް ނުވަތަ ސްޓްރަކްޗަރަށެވެ.