ގާނޫނީ ރަދީފު
"ނެޓްވާރކް" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދޭ ފަރާތްތަކުގެ މުޅި ވިއުގައަށެވެ.
"ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތު އަހުލާގުގެ މިންގަޑުތަކަށެވެ.
"ނޭށަނަލް އިމިއުނައިޒޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް ކަނޑައަޅައިފައިވާ ވެކްސިންތަކާއި އެ ވެކްސިންތައް ދިނުމުގެ މިންވަރާއި މިންގަނޑުތަކަށެވެ.
"ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމު" ކަމަށް ބުނެފައި އެވަނީ، ގައުމ ވެކްސިނޭށަން ޕުރޮގުރާމަށެވެ.
"ނޭށަނަލް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިޓެންސީ ސްޓޭންޑަރޑްގައިވާ ފެންވަރަށާއި މިންވަރަށް ހާސިލުވެފައިވޭތޯ ބެލުމަށް މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހަދާ އެކްސްޓާރނަލް އިމްތިހާނަށެވެ.
"ނޭށަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ)" ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖުގައި ބަޔާންކުރާ މިންގަނޑުތައް ސްކޫލްތަކުގެ ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމަށް ގައުމީ ފެންވަރުގައި ދެވޭ އިމްތިހާނުތަކަށެވެ.
"ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތުގެ އަހްލާގުގެ މިންގަނޑުތަކުގެ މައްޗަށް އެކުލަވައިލާ ނޭށަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ނުވަތަ އާމްދަނީ ލިބޭ މަސައްކަތް ގައުމީ ފެންވަރުގައި ދަސްކޮށްދިނުމަށް ބޭނުންކުރާ ހާއްސަ މިންގަނޑުތަކަށެވެ.

"ނޭށަނަލް ލައިބްރަރީގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-01 (ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު) ގެ ދަށުން ލިބެންޖެހޭ ތަކެތި ހޯދައި، އެ ތަކެތި ރައްކައުތެރިކޮށް ބަލަހައްޓައި، އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
"ނޭށަނަލް ސިވިލް އޭވިއޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅައިފައިވާ ޕްރޮގްރާމަށެވެ.
"ނޭށަނަލް ސެޓްފިކެޓް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިޓެންސީ ސްޓޭންޑަރޑްގައިވާ މިންވަރަށް ހާސިލުކޮށް، ނޭށަނަލް އެސެސްމަންޓުގައި ބައިވެރިވެ، ފާސްވާ ފަރާތްތަކަށް ލިބޭ ސަނަދަށެވެ.
"ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ނުވަތަ "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، އިޖުތިމާއ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމު ހިންގުމަށް ޓަކައި، "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ނަމުގައި ގާނޫނު ނަންބަރު 2011-15 (އިޖުތިމާއ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ އޮފީހަށެވެ.
"ނޭށަނަލް ސްވޭޖް ޕޮލިއުށަން ޕްރިވެންށަން ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން 30 (ތިރީސް) މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރު ނުވަތަ "އޭ" ޒޯނަށް ސަރވޭކޮށް ސަލާމަތީ ސެޓުފިކެޓު ދޫކުރުން ލާޒިމުކޮށްފައިވާ އުޅަނދުފަހަރުގައި ފާހާނާ ނިޒާމާއެކު ސްވޭޖް ޕްލާންޓް ހުރުމާއެކު، އެ ސްވޭޖު ރައްކައުކުރުމަށް ހޯލްޑިންގޓޭންކާއި ޑިސްޗާޖިންގ ޕައިޕްލައިން މާޕޯލް މުއާހަދާގެ އެނެކްސް IV ގެ ރެގިއުލޭށަން 9 ނުވަތަ 10 ގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިކަން ނުވަތަ އެންމެ ދަށްވެގެން ހޯލްޑިންގ ޓޭންކް ނުވަތަ ޑިސްޗާޖިންގ ޕައިޕްލައިން ގާއިމުކޮށްފައިވާކަން ސަރވޭކޮށް ޔަގީންކުރުމަށްފަހު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސްވޭޖު ސެޓުފިކެޓަށެވެ.
"ނޭށަނަލް ޑްރަގް އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ނޭށަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔާއި މަށްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރާ މައިގަނޑު އިދާރާއެވެ.