ގާނޫނީ ރަދީފު
"ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-29) ގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ގާއިމުކުރާ ޑިޕާޓްމަންޓަށެވެ.
"ޑެޓް ސަރވިސް" ނުވަތަ "ދަރަނި ދެއްކުން" ކަމަށް ބުނެފައި އެވަނީ، ދަރަނިން އުފެދޭ އިންޓްރެސްޓާއި ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް، ދައްކަންޖެހޭ އެންމެހައި ފައިސާގެ އިތުރުން ދަރަނި ނެގުމުގެ އިލްތިޒާމުތަކާއި ށަރުތުތަކާ އެއްގޮތަށް ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށެވެ.
"ޑެޓް ސެކިއުރިޓީސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި ފަރާތަކަށް އެފަރާތެއްގެ ނަމުގައި ނުވަތަ ބެއަރަރ އިންސްޓްރުމަންޓްތަކެއްގެ ގޮތުގައި އިލެކްޓްރޯނިކް ނުވަތަ ކިތާބީ ލިޔެކިޔުމެއްގެ ގޮތުގައި ސަރުކާރުން ނުވަތަ ސަރުކާރުގެ ނަމުގައި އެހެން ފަރާތަކުން ދޫކުރާ ސެކިއުރިޓީތަކަށެވެ. ސަރުކާރުން ދޫކުރާ ސެކިއުރިޓީތަކުގެ ތެރޭގައި އިސްލާމިކް ސެކިއުރިޓީތަކާއި، ޕްރޮމިސަރީ ނޯޓުތަކާއި، އެފަދަ އެހެން މާލީ އިންސްޓްރުމަންޓްތައް ހިމެނެއެވެ.
"ޑޭޓާ" ނުވަތަ "ކޮމްޕިއުޓަރ ޑޭޓާ" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއް ބޭނުންކޮށްގެން ޕްރޮސެސްކުރެވިދާނެ ފަދަ ގޮތަކަށް ހުންނ،ަ ވާގިއާތަކެއް ނުވަތަ މައުލޫމާތުތަކެއް ނުވަތަ މަފްހޫމްތަކެއް ރަމްޒުކޮށްދޭ ކޮންމެ އެއްޗަކަށެވެ.
"ޑޭޓާ ބޮއި" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ ބޭނުމަކަށް ނުވާ ގޮތަށް، ތިމާވެށީގެ މައުލޫމާތު އެއްކުރުމަށް ޓަކައި، ސަރުކާރުތަކުންނާއި ސައިންޓިފިކް ދިރާސާކުރާ ޖަމާއަތްތަކުން، އޮޔާދާގޮތަށް ދޫކުރާ ނުވަތަ ހަރުކޮށްފައި ހުންނަ ބޮއިތަކަށެވެ.
"ޑޭޓާ ކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޖިޓަލް ޓެލެވިޒަން ސިސްޓަމް މެދުވެރިކޮށް ޓެކްސްޓާއި ގްރެފިކްސް ފޮނުވުމަށެވެ.
"ޑޭޓާ މެސެޖު" ނުވަތަ "މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތަކަށެވެ.
"ޑޭޓާއަށް ނުވަތަ ޕްރޮގްރާމަށް އެކްސެސްވުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުންނެވެ.
- ކޮމްޕިއުޓަރ ސިސްޓަމަކުން ވަކި ފަންކްށަނެއް ހިންގައިގެން އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އެ ސިސްޓަމްގައި ހުރި އެއްވެސް ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އެކްސެސްވާ ވުމަށެވެ.
- ޕްރޮގްރާމް ނުވަތަ ޑޭޓާ ބޭނުންކުރުން؛
- ޕްރޮގްރާމް ނުވަތަ ޑޭޓާ ނުވަތަ އެއާ ގުޅުންހުރި އެއްވެސް އެއްޗެއް އޮލްޓަރކުރުން ނުވަތަ މޮޑިފައިކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ފޮހެލުން؛
- ޕްރޮގްރާމް ނުވަތަ ޑޭޓާ ކޮޕީކުރުން ނުވަތަ ފޮޓޯނެގުން ނުވަތަ އަންނަނިވި ފަދައިން ޓްރާންސްފަރކުރުން:
(ހހ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމް ނޫން އެފަދަ އެހެން އެއްޗަކަށް ޓްރާންސްފަރކުރުން؛
(ށށ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމްގައިވާ ލޮކޭށަން ނޫން އެހެން ލޮކޭށަނަކަށް ޓްރާންސްފަރކުރުން. - ޑިސްޕްލޭކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ ޕްރޮގްރާމް ނުވަތަ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމުން އެ ޑޭޓާ ނުވަތަ ޕްރޮގްރާމް އައުޓްޕުޓްކުރުން.
"ޑޮކްޓަރ ބޭސް" ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރ އުސޫލުން ބޭނުންކުރާ ކޮންމެ ބޭހަކަށާއި، އޭގެ ބަލްކް ކެމިކަލަށެވެ.