ގާނޫނީ ރަދީފު
"ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލު ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގުތިސާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވ،ެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭފަދަ ބޮޑެތި ހާދިސާތަކަށެވެ.
"ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނ ކެރިކުޅަދާނަކަމަށާއި، މާއްދ ވަސީލތްތަކަށާއި، އިގްތިސާދީ ވަސީލތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވ،ެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ.
"ކާރިސާއެއްގެ ރަތް އެލާޓް" ކަމުގައި ބުނެފައި އެވަނީ، މޫސުމ އަރައްކާއެއް ނިމުތުކުރެވޭ ހިނދ،ު ގައުމީ މޫސުމާބެހޭ އިދާރާއިން، އަރައްކާގެ އިންޒާރުގެ ގޮތުން ނެރޭ އެންމެ މަތީ އެލާޓަށެވެ.
"ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ތާޒާމަހާއި މަހުގެ ބާވަތްތަކުގައި ހުންނަ ކުލަ "ކާބަންމޮނޮކްސައިޑް" ނުވަތަ "ފިލްޓަރޑް ސްމޯކް" ބޭނުންކޮށްގެން ބަދަލުކޮށް އެ ކުލަ ދިގު މުއްދަތަކަށް ދެމެހެއްޓުމަށެވެ.
"ކާބޮނޭޓެޑް ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައުޔާރުކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑް އެއްކޮށްފައި ހުންނަ ބުއިންތަކަށެވެ. މީގެ ތެރޭގައި ކޯލާ، ސޮޑާ ފަދަ ބުއިންތައް ހިމެނެއެވެ.
"ކާބޯތަކެތި އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ގަނެ ވިއްކުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށް ޓަކައި، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުކޮށް ރައްޔިތުންނަށް މުއާސަލާތުކުރުމަށެވެ. އަދި މި މާއްދާގެ ބޭނުމަށް މުއާސަލާތުކުރުން ކަމުގައި ބެލެވޭނީ، އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ވިށުއަލް ނުވަތަ ވީޑިއޯ ނުވަތަ އެ ނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެ ނޫން ވެސް މީޑިއަމެއް މެދުވެރިކޮށް ވަކި ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތަށެވެ. އޭގެތެރޭގައި ކާބޯތަކެތީގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ލޭބަލުގައި ހިމަނާ މައުލޫމާތާއި އެފަދަ އެހެން ލިޔެކިޔުންތަކާއި އެހެނިހެން ވަސީލަތްތަކާއި ވިޔަފާރީގެ މަގުސަދުގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހިންގާ މައުލޫމާތު ދިނުން ފަދަ މުއާސަލާތުކުރުމުގެ
ހަރަކާތްތައް ހިމެނޭނެއެވެ.
"ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ސިއްހީ ރައްކައުތެރިކަން ބެލުމަށް ޓަކައި ނުވަތަ ކާބޯތަކެތީގެ އެ ނޫން ވެސް ތަހުލީލުކުރުމަށް ޓަކައި ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ލެބޯޓަރީ ތަކަށެވެ.