ކާބޯތަކެތި އިށްތިހާރުކުރުން
"ކާބޯތަކެތި އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ގަނެ ވިއްކުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށް ޓަކައި، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުކޮށް ރައްޔިތުންނަށް މުއާސަލާތުކުރުމަށެވެ. އަދި މި މާއްދާގެ ބޭނުމަށް މުއާސަލާތުކުރުން ކަމުގައި ބެލެވޭނީ، އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ވިށުއަލް ނުވަތަ ވީޑިއޯ ނުވަތަ އެ ނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެ ނޫން ވެސް މީޑިއަމެއް މެދުވެރިކޮށް ވަކި ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތަށެވެ. އޭގެތެރޭގައި ކާބޯތަކެތީގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ލޭބަލުގައި ހިމަނާ މައުލޫމާތާއި އެފަދަ އެހެން ލިޔެކިޔުންތަކާއި އެހެނިހެން ވަސީލަތްތަކާއި ވިޔަފާރީގެ މަގުސަދުގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހިންގާ މައުލޫމާތު ދިނުން ފަދަ މުއާސަލާތުކުރުމުގެ
ހަރަކާތްތައް ހިމެނޭނެއެވެ.