ގާނޫނީ ރަދީފު
”ޑީ.ސީ.ޕީ. އަލިފާންނިވި“ ކަމުގައި ބުނެފައި އެވަނީ، ޑްރައިކެމިކަލް ޕައުޑަރ އަލިފާންނިވި އަށެވެ.
"ޑީއެންއޭ" ކަމަށް ބުނެފައި އެވަނީ، ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic aid) އަށެވެ.
"ޑީއެންއޭ ގެ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނުވަތަ އެތެރެއިން ނުވަތަ އެނޫންވެސް ގޮތަކަށް ނެގޭ ބޮޑީސާމްޕަލް ބޭނުންކޮށްގެން ކުރާ ޑީއެންއޭ ގެ ތަހްލީލުތަކުން ލިބޭ ޖެނެޓިކް މައުލޫމާތަށެވެ.
"ޑީމެޓީރިއަލައިޒް" ކަމަށް ބުނެފައި އެވަނީ، ފިޒިކަލް ސެޓުފިކެޓަކާ ނުލައި އިލެކްޓްރޯނިކަލީ ސެކިއުރިޓީޒް ގަނެވިއްކުމަށާއި، ސެކިއުރިޓީޒް ޑިޕޮޒިޓަރީއަށް ޖަމާކުރުމަށެވެ.
”ޑީސަލާއި ކަރާސީނު ގެންގުޅެ، ގުދަންކުރާ ތަންތަން“ ކަމުގައި ބުނެފައި އެވަނީ، 800 ލީޓަރަށްވުރެ ގިނައިން ޑީސަލާއި ކަރާސީނު ރައްކާކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރާއި ތަންތަނަށެވެ.
"ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ޑެންޓިސްޓްރީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
"ޑެލިވަރީ މޯޑަލިޓީ" ކަމަށް ބުނެފައި އެ ވަނީ، ކިޔަވައިދޭ ތައުލީމީ ޕްރޮގްރާމް ދަރިވަރުންނަށް ފޯރުކޮށްދޭ ގޮތަށެވެ.
"ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-29) ގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ގާއިމުކުރާ ޑިޕާޓްމަންޓަށެވެ.
"ޑެޓް ސަރވިސް" ނުވަތަ "ދަރަނި ދެއްކުން" ކަމަށް ބުނެފައި އެވަނީ، ދަރަނިން އުފެދޭ އިންޓްރެސްޓާއި ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް، ދައްކަންޖެހޭ އެންމެހައި ފައިސާގެ އިތުރުން ދަރަނި ނެގުމުގެ އިލްތިޒާމުތަކާއި ށަރުތުތަކާ އެއްގޮތަށް ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށެވެ.