ގާނޫނީ ރަދީފު
(ކ) "ނުރައްކާތެރި ކެމިކަލް" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-22) ގެ ޖަދުވަލު 1 ،2 އަދި 3 ގައި ބަޔާންކޮށްފައިވާ، އޭގެ ކެމިކަލް އެކްށަންގެ ސަބަބުން ފުރާނައަށް ގެއްލުންލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކުރިމަތިކުރުވާ ކޮންމެ ކެމިކަލަކަށެވެ. މި މާނައިގައި،އެފަދަ ކެމިކަލެއްގެ އަސްލު ނުވަތަ އުފައްދާ ގޮތް ނުވަތަ އުފައްދާ ފެސިލިޓީ ނުވަތަ އެނޫންވެސް އެ ކެމިކަލް އުފެދޭ ނުވަތަ އުފައްދާތަނަކަށް ނުވަތަ ގޮތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.
"ނުރައްކާތެރި އަނިޔާއެއް" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ އެއްވެސް ހިއްސަކަށް، ބޮޑު އަނިޔާއެއް ލިބުމެވެ.
"ނުރައްކާތެރި މުދާ" ކަމަށް ބުނެފައި އެވަނީ، ކާގޯގެ ގޮތުގައި އުފުލާ ކައްކާ ގޭހާއި ޕެޓްރޯލް ފަދަ ތަކެއްޗެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުން" ނުވަތަ "ފަރާތްތައް" ކަމަށް ބުނެފައި އެވަނީ ދިގު މުއްދަތުގެ ޖިސްމާނީ އުނިކަމެއް ނުވަތަ ނަފްސާނީ އުނިކަމެއް ނުވަތަ ހިއްސުތަކުގެ އުނިކަމެއް ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކަށް އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރިގޮތުގައި އެންމެ ފުރިހަމަޔަށް ބައިވެރިވެ ހަރަކާތްތެރިވެއުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، މިނިސްޓްރީން ބަލަހައްޓާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތު ބޭނުންވާ ފަރާތްތަކުގެ ދަފުތަރަށެވެ.
"ނޫފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅިފައިވާ ނުވަތަ ބިމަށް ހަރުކޮށްފައިވާ މުދަލާއި ތަކެއްޗަށެވެ.
"ނޫސް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތައް ހިމެނޭ ގޮތަށެވެ.
- ދުވަހު ނޫސް: ދުވާލަކު އެއްފަހަރު ށާއިއު ކުރާ ނޫސް.
- ހަފުތާ ނޫސް: ހަފުތާއަކު އެއްފަހަރު ށާއިއު ކުރާ ނޫސް.
- އޮންލައިން ނޫސް: އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ށާއިއުކުރާ ނޫސް.
"ނޫސް" ކަމަށް ބުނެފައި އެވަނީ، ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން، މައުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، އާންމުކޮށް ފެތުރުމަށްޓަކައި، ގަންނަން ލިބޭގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި އިންޓަރނެޓާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.
"ނޫސް" ކަމަށް ބުނެފައި އެވަނީ، ދުވަހު ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި، ރަޖިސްޓަރީކޮށްގެން މައުލޫމާތާއި ހަބަރާއި ހިޔާލާއި، އިށްތިހާރު އާންމުކޮށް ފެތުރުމަށް ޓަކައި، ގަންނަން ލިބޭގޮތަށް، ނުވަތަ އަގަކާ ނުލައި، ލިބޭގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.