ގާނޫނީ ރަދީފު
"ހާއްސަ އިސްކަންދޭ ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-36) ގެ އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯހިޔާވަހިކަން ދޫކުރުމަށް ށަރުތު ހަމަވާ އެޕްލިކަންޓުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ފަރާތްތަކަށެވެ.
"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު (3/2006) ގެ 10 ވަނަ މާއްދާއާއި މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017) ގެ 6.23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.
"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާއާއި، މި ގަވާއިދުގެ 6.28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.
"ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) 112 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނިން ނިންމާ ކޮންމެ ނިންމުމަކަށެވެ.
"ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.
"ހާއްސަ ގަރާރު" ކަމަށް ބުނެފައިވަނީ، ޖަމްއިއްޔާގެ އާންމު ޖަލްސާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ކޮންމެ ގަރާރަކަށެވެ.
"ހާއްސައިސްކަންދޭ ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30) އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯހިޔާވަހިކަން ދޫކުރުމަށް ށަރުތު ހަމަވާ އެޕްލިކަންޓުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ފަރާތްތަކަށެވެ.
"ހާއްސަގޮތެއްގައި އެހީތެރިކަން ބޭނުންވާ މީހުން" ކަމުގައި ބުނެފައި އެވަނީ، އެކިއެކި ސަބަބުތަކާހުރެ، އާންމުކޮށް ބެލެވޭ މިންގަނޑަށްވުރެ ދުޅަހެޔޮކަން ދަށަށް ގޮސްފައިވާ، ނުވަތަ ނޭދެވޭ އަސަރު ކުރުމުގެ ސަބަބުން ނާޒުކު ހާލަތަކަށް ގޮސްފައިވާ (ވަލްނެރަބްލް) ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ފިރިހެނުންނަށެވެ.
"ހާފިޒުން" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާން ހިތުދަސްކޮށް، މި އުސޫލާ އެއްގޮތަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ކުރިޔަށްގެންދާ ހާފިޒުކަމުގެ އިމްތިހާނުން ފާސްވެ، ހާފިޒުކަމުގެ ސަނަދު ލިބޭ ފަރާތްތަކަށެވެ.
"ހާލަތު" ކަމަށް ބުނެފައި އެވަނީ ތިމާވެށްޓަށް ކުރި އަސަރަކީ ފާހަގަކުރެވޭވަރުގެ އަސަރެއްކަމަށް ދެނެގަތުމުގައި އަދި ރިއާޔަތްކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން އެ އަސަރެއްގެ ސަބަބުން މުޖުތަމައަށާއި މަށްރޫއުގެ ވަށައިގެންވާ ސަރަހައްދަށާއި އަދި ގެއްލުން ލިބުނު ފަރާތްތަކަށާއި ގުދުރަތީ މާހައުލުގައިވާ ކަންތައްތަކަށް.