ގާނޫނީ ރަދީފު
"އެކްސެސަރީ ޔުނިޓު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ގަތުމުން އުޅަނދު ޕާކްކުރުމަށް ދެވޭ ޖާގަ ހިމެނޭގޮތުން، އެއްމެދު އިމާރާތުގެ ޕްލޭންގައި ހިމެނޭ އިމާރާތުގެ ޔުނިޓާ ގުޅިގެން އިތުރު ބޭނުންތަކަށް އެ ޔުނިޓުގެ ވެރިފަރާތަށް، ބިމުން ނުވަތަ އިމާރާތުން ލިބޭ ޖާގަތަކަށެވެ.
"އެކްސެސް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބަޔަކަށް ވަނުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބައެއް ކޮންޓްރޯލުކުރުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމްގެ ނުވަތަ އެ ސިސްޓަމްގެ ބައެއްގެ ބޭނުންކުރުމުގެ ހައްގު ހޯދައިގެން ނުވަތަ އެނޫންވެސް ގޮތަކުން ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ވަކި ބަޔަކަށް އެކްސެސްވާ ވުމަށެވެ.
"އެކްސްކުލޫސިވިޓީ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރަށެވެ.
"އެކްސްކްލޫސިވް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އެކްސްކްލޫސިވް އަސާސެއްގެ ދަށުން ދޫކުރެވޭ ކެރިއަރ ލައިސަންސަށް ނުވަތަ ސަރވިސް ޕްރޮވައިޑަރ ލައިސަންސަކަށެވެ.
"އެކްސްޓަރނަލް ރިޒާރވް" ކަމަށް ބުނެފައި އެވަނީ ކަނޑައެޅިފައި ހުންނަ ބާވަތްތަކެއްގެ މުދާތަކަށެވެ. އާންމު ގޮތެއްގައި މީގައި ހިމެނެނީ، ރަން، އެސް.ޑީ.އާރ. އަދި ރާއްޖެއަށް ބޭރުން ލިބެންވާ ފައިސާއެވެ.
"އެކްސްޓްރަޑައިޓްކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މާނަތަކުންކުރެ މާނައެއްގައެވެ:
- ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހެޅުމުން، އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު، މި ގާނޫނުގެ ދަށުން ނެރޭ އެކްސްޓްރަޑިށަން އަމުރެއްގެ ދަށުން އޭނާ އެ ގައުމަށް ގެންދިޔުމަށް؛ ނުވަތަ
- ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓް ކޮށްދިނުމަށް ދިވެހިރާއްޖެއިން އެ ގައުމުގައި އެދުމުން، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައިއެ ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އެ ގައުމުން އޭނާ ދިވެހިރާއްޖެއަށް ގެނައުމަށެވެ.
- ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ހުރި ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އޭނާ އެ ތިންވަނަ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް.
"އެކްސްޓްރަޑައިޓްކުރެވޭ ބާވަތުގެ ކުށް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން މުއާހަދާ ގައުމެއް ކަމަށް ކަނޑައަޅާފައިވާ ގައުމަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ. އެނޫން ގައުމެއް ކަމުގައިވާނަމަ، އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރު 01/2015) ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުށަށެވެ.
"އެކްސްޓްރަޑައިޓްކުރެވޭނެ ގައުމުތައް" ކަމަށް ބުނެފައިއެވަނީ، ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ކަމަށް މި ގާނޫނުގެ އަށްވަނަ ބާބުގެ ދަށުން ކަނޑައެޅޭ ގައުމުތަކަށެވެ.