-

އެކުގައި ދިރިއުޅޭ

"އެކުގައި ދިރިއުޅޭ ގެ" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގި މީހާއާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ގެވެށި ގުޅުމަކުން ގުޅިފައިވީހިނދު ދިރިއުޅެމުން އަންނަ ނުވަތަ އެއް އިރެއްގައިވެސް ދިރިއުޅުނު ގެއަށެވެ. މީގެ ތެރޭގައި އެ ދެމީހުންގެ މިލްކުވެރިކަން ހިމެނޭ ގެތަކާއި، އެކުގައި ނުވަތަ ދެމީހުންކުރެ މީހެއް ވަކިން ކުއްޔަށް ހިފައިގެންއުޅޭ ގެއާއި، އެ ދެމީހުންގެ މިލްކުވެރިކަން ނުހިމެނޭ ނަމަވެސް ގެވެށި އަނިޔާ ހިންގި މީހާގެ އާއިލާއަށް ނިސްބަތްވާ ގެވެސް ހިމެނެއެވެ.