ގާނޫނީ ރަދީފު
"ބަދަލު ހިފުން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯކުރާ ފަރާތެއް (ހ) ވަޒީފާއިން ވަކިކުރުން ނުވަތަ (ށ) ޒިންމާތަކުން އެކަހެރިކުރުން، ނުވަތަ (ނ) ވަޒީފާ އަދާކުރާ ތަން ނުވަތަ ޑިޕާޓްމަންޓް ނުވަތަ ސެކްޝަން ބަދަލުކުރުން ނުވަތަ ޑިމޯޓްކުރުން، ނުވަތަ (ރ) މަސައްކަތު ގަޑި މަދުކުރުން، ގިނަކުރުން ނުވަތަ ބަދަލުކުރުން، ނުވަތަ (ބ) ޕްރޮބޭޝަންގައި ބެހެއްޓުން، ނުވަތަ (ޅ) އަދަބެއް ދިނުމުގެގޮތުން ވަޒީފާއާ ގުޅޭ އެއްވެސް އިނާޔަތެއް ނުދިނުން، ނުވަތަ އެފަދަ އިނާޔަތަކާމެދު ގޮތެއް ނިންމުން ލަސްކުރުން، ނުވަތަ (ކ) ވަޒީފާގެ ކުރިއެރުން ނުދިނުން، ނުވަތަ ތަމްރީނުގެ ފުރުޞަތު ނުދިނުން، ނުވަތަ އެފަދަ ފުރުޞަތުތައް ހަނިކުރުން، ނުވަތަ (އ) މަޤާމު ދަށްކުރުން ނުވަތަ އިނާޔަތްތައް ދަށްކުރުން، ނުވަތަ (ވ) ވަޒީފާއާ ގުޅޭގޮތުން ނަސޭހަތްދިނުން ނުވަތަ އިންޒާރުދިނުން، ނުވަތަ (މ) ގެއްލުން ދިނުމާއި، ބިރުދެއްކުމާއި، އިންޒާރުދިނުން، ނުވަތަ (ފ) ވިސްލްބްލޯކުރާ މީހަކާމެދު ހިންގޭ އެފަދަ އެހެންވެސް ކަންކަމަށެވެ.
"ބަދަލުވަމުންދާ ގާބިލިއްޔަތު" ކަމަށް ބުނެފައި އެވަނީ، މަރުކަޒަށް ގެނައި އިރު ކުއްޖާ ހުރި ހާލަތުން ކުއްޖާގެ އުޅުމާއި އަހްލާގަށާއި ވިސްނުމަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ.
"ބަލައި ފާސްކުރުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަން ހިންގަނީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، އެ ތަންތަނުގެ ހާލަތު ދެނެގަތުމަށެވެ.
"ބަލި" ކަމަށް ބުނެފައި އެވަނީ، ބަލިތައް ރިޕޯޓުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021/164) ގެ ދަށުން ބައްޔެއްކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.
"ބަލިފަތުރާ ސޫފާސޫފި" ކަމުގައި ބުނެފައި އެވަނީ، ބަލީގެ ޖަރާސީމު ނުވަތަ ފަނި އުފުލައިދީ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ކޮންމެ ސޫތްޕަކަށެވެ.
"ބަސް" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށްޓަކައި އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓަރީ ކުރުމުގައި B0 ،B1 އާއި B2 ކެޓަގަރީގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުއުޅަނދަށެވެ.
"ބަސް" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ޓަކައި އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓަރީ ކުރުމުގައި B0, B1 އާއި B2 ކެޓަގަރީގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުއުޅަނދަށެވެ.