ގާނޫނީ ރަދީފު
"ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން މުދާ އުފުލާ އުޅަނދުފަހަރުގައި އެއްވެސް ބާވަތެއްގެ ނުރައްކައުތެރި މުދަލެއްނުވަތަ ފަސޭހައިން އަލިފާން ހިފާ ބާވަތުގެ އެއްވެސް އެއްޗެއް އުފުލާނަމަ، އެ އުޅަނދުފަހަރުގައި ނުރައްކައުތެރި މުދާ ބަހައްޓާ ތަންތަނާއި އެ މުދާ ގެންގުޅޭނެގޮތް ފަޅުވެރިންނަށް ބުނެދީފައިވުމާއެކު،އެ މުދާ އިންޓަރނޭށަނަލް މެރިޓައިމް ޑޭންޖަރަސް ގްޑުސް (އައި.އެމް.ޑީ.ޖީ) ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް ލޭބަލްކޮށްފައި ހުރުމާއެކު، އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ލޭބަލްތައް ފެންނާނޭ ގޮތަށް އެ އުޅަނދުފަހަރުގައި ބަހައްޓައިފައި ހުރިކަން ޔަގީން ކުރުމާއެކު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓަށެވެ.
"ނުރައްކާތެރި ހަތިޔާރެއް" ކަމަށް ބުނެފައި އެވަނީ، ހަނގުރާމަވެރި ހަތިޔާރާއި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ކޮންމެ އެއްޗަކާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެއްސަށެވެ. އޭގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.
"ނުރައްކާތެރި ހާދިސާ" ކަމަށް ބުނެފައި އެވަނީީ، މަސައްކަތްކުރާ މީހަކަށް ނުވަތަ އާންމު މީހަކަށް، ހާނީއްކައެއް ނުވަތަ އަނިޔާއެއް ނުވަތަ ބައްޔައް ޖެހޭފަދަ ކަމެއްގެ ގޮތުގައި ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވާ ނުވަތަ ފާހަގަކޮށްފައިވާ ކަމަކަށެވެ.
"ނުރައްކާތެރި ކުށް" ކަމަށް ބުނެފައި އެވަނީ އެއްވެސް ފަރާތަކުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުން، ނުވަތަ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުމަކާ ނުލައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުމަށެވެ.
- މީހަކު މަރާލުން؛
- މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން؛
- މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން؛
- މީހަކު ކިޑްނެޕްކުރުން؛
- މީހަކަށް ބިރުދެއްކުން.
"ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، އެއްޗެއްގައި ހުންނަ ކެމިކަލް ސިފަތަކުގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިކުރުވާފަދަ ސިފަތަކެއް ހުރުމުގެ ސަބަބުން، ނުވަތަ ގޮވާ ޒާތުގެ ސިފައެއް ހުރުމުގެ ސަބަބުން، ނުވަތަ ބަލިމަޑުކަން ފަތުރާ ޒާތުގެ ކުންޏަށް ވުމުގެ ސަބަބުން، ނުރައްކާތެރި ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.
"ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު (މ) ގެ ދަށުން ބަޔާންކޮށްފައިވާ ސިފަތައް އެކުލެވޭ ކުނީގެ އެންމެހައި ބާވަތްތަކަށެވެ.
"ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ނުރައްކާތެރި ކުނި އަދި ހާއްސަ ކުނި ކަމަށްކަނޑައަޅާފައިވާ ކުނީގެ އެއްވެސް ބާވަތެއް މެނޭޖުކުރުމުގެ ހަރަކާތްތައް ހިންގުމަށް ހާއްސަކުރެވޭ މަރުކަޒަށެވެ.
(ކ) "ނުރައްކާތެރި ކެމިކަލް" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-22) ގެ ޖަދުވަލު 1 ،2 އަދި 3 ގައި ބަޔާންކޮށްފައިވާ، އޭގެ ކެމިކަލް އެކްށަންގެ ސަބަބުން ފުރާނައަށް ގެއްލުންލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކުރިމަތިކުރުވާ ކޮންމެ ކެމިކަލަކަށެވެ. މި މާނައިގައި،އެފަދަ ކެމިކަލެއްގެ އަސްލު ނުވަތަ އުފައްދާ ގޮތް ނުވަތަ އުފައްދާ ފެސިލިޓީ ނުވަތަ އެނޫންވެސް އެ ކެމިކަލް އުފެދޭ ނުވަތަ އުފައްދާތަނަކަށް ނުވަތަ ގޮތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.