ގާނޫނީ ރަދީފު
"އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، ސޯށަލް މީޑިޔާއާއި، މާސް މީޑިޔާތަކުގައި، ބޭސް ގަނެވިއްކުން ނުވަތަ ބޭނުންކުރުން އިތުރުކުރުމަށް ޓަކައި ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުންނާ މުވާސަ ލާތުކުރުމާއި ޑިސްޕްލޭކުރުމާއި އެ އެއްޗެއް ބޭނުންކުރުމަށް ބާރުލިބޭ ފަދަ ކަންކަން ކުރުމަށެވެ.
"އިސްތިންތާޖު" ކަމަށް ބުނެފައި އެވަނީ، ދޭހަކުރެވޭގޮތަށް ނުވަތަ ނެރެވޭ ނަތީޖާއަށެވެ.
"އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މަދަނީ މައްސަލައެއްގެ ހުކުމެއް ނުވަތަ އެފަދަ ކޯޓަކުން ކުރާ އަމުރެއް ނުވަތަ އެނޫންވެސް ނިންމުމެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމަށެވެ.
"އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އެ ގުރޫޕުގެ ރިޕޯޓުކުރާ އަހަރުގެ ކުރީ އަހަރުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއު 750,000,000 (ހަތް ސަތޭކަ ފަންސާސް މިލިއަން) ޔޫރޯއަށްވުރެ ދަށް ގުރޫޕުތަކަށެވެ.
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ގާއިމުކޮށްފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށެވެ.
"އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށުގައި ކުޅިވަރު ކުޅޭ މައިދާންތަކާއި، އާންމު މައިދާންތަކާއި، ހުސްބިންތަކާއި، އާންމުން އެއްވެ އުޅެވޭ ގޮތަށް ހުރި ސަރަހައްދުތަކަށެވެ.