gaanoon_logo
-
ދައުލަތުގެ އިދާރާ

"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމުތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭގޮތުންނެވެ.

ދައުލަތުގެ އިދާރާ

"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމުތަކުގެ އޮފީސްތަކާއި އެ ތަންތަނުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި ތަންތަނަށެވެ.

ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު
"ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަކަށެވެ.
ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު

"ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަކަށެވެ.

ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު

"ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަކަށެވެ.

ދައުލަތުގެ އެހެނިހެން ޕެންށަން
"ދައުލަތުގެ އެހެނިހެން ޕެންށަން" ކަމަށް ބުނެފައި އެވަނީ، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ރިޓަޔަރކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހައި ޕެންށަނަށެވެ
ދައުލަތުގެ އޮފީސް
"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ އޮފީހަކުން ހިއްސާވާ ކުންފުންޏެއް، ނުވަތަ އެ ފަރާތެއްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ވިޔަފާރިކުރުން ހިމެނޭ ވަކި ގާނޫނީ ށަހްސެއް ނުހިމެނެއެވެ.
ދައުލަތުގެ އޮފީސް
"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނުހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކަށާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.
ދައުލަތުގެ އޮފީސް

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީކައުންސިލްތަކެވެ. 

ދައުލަތުގެ އޮފީސް

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

ދައުލަތުގެ އޮފީސް

(ނ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

ދައުލަތުގެ އޮފީސް

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށެވެ.

ދައުލަތުގެ އޮފީސް

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށާއި، މުއައްސަސާތަކަށާއި، ލޯކަލް ކައުންސިލްތަކަށެވެ.

ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓް

"ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގެ ހަރަދުތައް، އެ އޮފީސްތަކުން ހާސިލުކުރަން ކަނޑައަޅާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި މަގްސަދުތަކުގެ މައްޗަށް ބިނާކޮށް ޕްރޮގްރާމްތަކަކަށް ތަރުތީބުކޮށް ބަހާލެވިފައިވާ، އަދި ހަރަދުކުރާ ކަންކަމުން ހާސިލުކުރެވޭ ނަތީޖާއާ ގުޅުވައިދޭ ބަޖެޓް އޮނިގަނޑަށެވެ. 

ދައުލަތުގެ އޮފީސްތައް

"ދައުލަތުގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.