ގާނޫނީ ރަދީފު
"ފަރު" ކަމަށް ބުނެފައި އެވަނީ، ގަލާއި މުރަކައިގެ މައްޗަށް ބިނާވެގެން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކާ ރަށްރަށަށް ނިސްބަތްވާ ގޮތަށް ކަނޑުގެ ލޮނުގަނޑުގެ ބޮޑުދިޔައިގެ މަތީ މިންވަރުން ފެށިގެން އަޑީގައިވާ އެންމެހައި ތަންތަނަށެވެ. މިގޮތުން، އަތޮޅު ނުވަތަ ރަށްރަށުގެ ދުނިފަރާއި (އެތެރެއާއި، ބޭރުފަރާތް) އެފަރުފަރާ ގުޅިގެން ހުންނަ ފަޅަފަޅާއި ވިލުވިލާއި އަތޮޅު ތެރެއާއި ވިލުވިލުގައި ހުންނަ ގިރި، ހާ އަދި ގާގަނޑު ފަދަ ތަންތަނާއި، ރަށްރަށާއި ގުޅިގެންނާއި ނުގުޅި ހެދިފައި ހުންނަ އާނު/ާމޑު މިމާނަގައި ހިމެނެއެވެ.
"ފަރުދު" ކަމަށް ބުނެފައި އެވަނީ މިގަވާއިދުގެ ބޭނުމަށް 'ފަރުުދު' ކަމުގައި ބަލާނީ، އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަމެއް ހަމަޖެއްސުމަށް މަސައްކަތްކުރާ ފަރާތެއް. 'ފަރުދުގެ' މާނައިގެ ތެރޭގައި ވިޔަފާރީގެ ބޭނުމަކަށް މިއިންކަމެއް ކުރާ އެއްވެސް ފަރާތެއް ނުހިމެނޭނެއެވެ.
"ފަޅު" ކަމަށް ބުނެފައި އެވަނީ، އެ ރަށްރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިޔާ ހަމަޔަށް އޮންނަ ސަރަހައްދު ނުވަތަ ފަރާއި ގިރީގެ ވަށައިގެންވާ ސަރަހައްދަށެވެ.
"ފަޅު" ކަމަށް ބުނެފައި އެވަނީ ރަށުގެ ގޮނޑުދޮށުން ފެށިގެން ތޮށީގެ ނުވަތަ ފުއްޓަރުގެ ބޭރުކައިރި އާއި ހަމައަށެވެ. ތޮށި ނުވަތަ ފުއްޓަރު ނެތް ނަމަ ގޮންޑުދޮށުން ފެށިގެން އުރަފަށާ ހަމަ އަށެވެ. ރަށެއް ނެތް ފަޅެއް ނަމަ އެފަޅެއްގެ ހޭފަށުން ފެށިގެން އެތެރެ އަށެވެ.
"ފަޅު ފުންކުރުން" ކަމުގައި ބުނެފައި އެވަނީ، ފަޅުގެ ސަރަހައްދުން އެއްވެސް ބައެއް ފުންކުރުން ނުވަތަ ވެލި/ގައު ނެގުމަށެވެ. ނަމަވެސް ރަށްރަށުގެ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް މެށިނަރީ ބޭނުންނުކޮށް ވެލި ނެގުން، ފަޅު ފުންކުރުން ކަމުގައި ނުހިމެނޭނެއެވެ.
"ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދު ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރުކުރާ ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.
"ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށްކަމަށް ގާނޫނީގޮތުން ކަނޑައަޅައިފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވ،ާ ވެއްޔާއި ގައު އަދި / ނުވަތަ ރުއްގަސް އެކުލެވޭ ކޮންމެ ހިކިފަސް ތަނަކާއި، މި ގަވާއިދުގެ ދަށުން ކަނޑައަޅާ ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށް، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-142) ގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ރަށްރަށަށެވެ.
"ފަޅުރަށް" ނުވަތަ "ރަށް" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 200 (ދުއިސައްތަ) މީޓަރުގެ ސަރަހައްދަށެވެ.
"ފަޅުވެރިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ، އުޅަނދުގައި ވަޒީފާ އަދާކުރާ ކެޕްޓަން ފިޔަވައި އެހެން މީހުންނަށެވެ.