-

ފަރު

"ފަރު" ކަމަށް ބުނެފައި އެވަނީ، ގަލާއި މުރަކައިގެ މައްޗަށް ބިނާވެގެން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކާ ރަށްރަށަށް ނިސްބަތްވާ ގޮތަށް ކަނޑުގެ ލޮނުގަނޑުގެ ބޮޑުދިޔައިގެ މަތީ މިންވަރުން ފެށިގެން އަޑީގައިވާ އެންމެހައި ތަންތަނަށެވެ. މިގޮތުން، އަތޮޅު ނުވަތަ ރަށްރަށުގެ ދުނިފަރާއި (އެތެރެއާއި، ބޭރުފަރާތް) އެފަރުފަރާ ގުޅިގެން ހުންނަ ފަޅަފަޅާއި ވިލުވިލާއި އަތޮޅު ތެރެއާއި ވިލުވިލުގައި ހުންނަ ގިރި، ހާ އަދި ގާގަނޑު ފަދަ ތަންތަނާއި، ރަށްރަށާއި ގުޅިގެންނާއި ނުގުޅި ހެދިފައި ހުންނަ އާނު/ާމޑު މިމާނަގައި ހިމެނެއެވެ.