ގާނޫނީ ރަދީފު
"އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑު (އީ.ޕީ.ޖީ)" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓުގެ މައުލޫމާތު ހޯދުމަށާއި، ކޮންޓެންޓް ރިކޯޑުކުރުމަށް ބޭނުންކުރެވޭނެ ޓީވީ ޕްރޮގްރާމް ށެޑިއުލް ދައްކުވައިދޭ އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑަށެވެ.
"އިލްމީ ނަޒާހަތްތެރިކަމާ ހިލާފުވުން" (ބްރީޗް އޮފް އެކެޑަކިމް އިންޓެގްރިޓީ) ކަމަށް ބުނެފައި އެވަނީ، ތައުލީމީ މަސައްކަތްތައް ހުށަހެޅުމުގައި އެހެން ފަރާތެއްގެ މަސައްކަތަކީ ތިމާގެ އަމިއްލަ މަސައްކަތް ކަމުގައި ދެއްކުން، ނުވަތަ މަކަރުހެދުން، ނުވަތަ އެނޫންވެސް ދޮގުވެރި އަމަލެއް ކުރުމަށް ނުވަތަ ސުލޫކާ ހިލާފު އަމަލެއް ކުރުމަށެވެ.
"އިގްރާރު" ކަމަށް ބުނެފައި އެވަނީ، އިއުތިރާފަކަށް ނުވާގޮތަށް، ހަސްމަކު ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކު ވަކި ވާގިއާއެއް ވުޖޫދުގައިވާ ކަމަށް،އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ އަމަލުން އެއްބަސްވާ އެއްބަސްވުމަށެވެ.
"އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތަކެތި އިތުރުކުރުމަށް ތަކެތި އުފެއްދުމަށެވެ. މީގެ ތެރޭގައި ހިދުމަތެއް ނުހިމެނޭނެއެވެ.
"ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީން ލައިސަންސް ދީފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީއަށެވެ.
"އިސް އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ އިދާރީ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ކަސްޓޯޑިއަލް ޖަލެއް ބެލެހެއްޓުމާއި ހިންގުމުގެ މަސްއޫލިއްޔަތުތައް މަގާމުގެ ހައިސިއްޔަތުން ހަވާލުކޮށްފައިވާ ކޮމިށަންޑް އޮފިސަރުންނަށެވެ.