އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް
"އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް" ކަމަށް ބުނެފައި އެވަނީ، ނިކޮޓިން ނުވަތަ އެނޫންވެސް މާއްދާތައް އެކުލެވ ވޭޕަރ އަނގައިން ދެމޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެހައި އާލާތްތަކަށެވެ. މީގެ ތެރޭގައި، ރީފިލް ކޮންޓެއިނަރެއް ނުވަތަ ޓޭންކެއް ނުވަތަ ސިންގަލް-ޔޫސް ކާރޓްރިޖެއް މެދުވެރިކޮށް ރީފިލްކުރެވޭ ގޮތަށް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު ޑިސްޕޯސްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތްތަކާއި، ކާރޓްރިޖާއި ޓޭންކާ ނުލައި ވަކިން އުފައްދާފައި ހުންނަ އެފަދަ އާލާތްތަކުގެ ކާރޓްރިޖާއި ޓޭންކާއި، ނިކޮޓިން އެކުލެވޭ ރީފިލް ކޮންޓެއިނަރާއި، އެނޫންވެސް އެފަދަ އާލާތްތަކުގެ ވަކިވަކި ބައިބައި ހިމެނެއެވެ. މި މާނައިގެ ތެރޭގައި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓް އަދި ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓެއް ނުހިމެނެއެވެ.