ގާނޫނީ ރަދީފު
"އިދާރީ ބަންދުގެ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ހަނގުރާމައަށް ގޮސްފަ އެނބުރި އަންނަ މީހުންނާއި މެދު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-06 - އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތު ތަކާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން ވަކިން ބަންދުކުރުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
"އިދާރީ ތަހުގީގު" ކަމަށް ބުނެފައި އެވަނީ، މައްސަލައަކާ ގުޅިގެން މުވައްޒަފު މަސައްކަތްކުރާ ތަނަކުން ހޯދާ ހޯދުންތަކަށެވެ.
"އިތުރު ކުށެއް ކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި، ތަހުގީގުކުރާ އިދާރާއަކުން، މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ހުށަހެޅުމަށެވެ.
"އިތުބާރުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާގެ މައްޗަށް ނުވަތަ އޭނާ ދޭ ހެކިބަހުގެ މައްޗަށް ކޯޓަށް ބުރަވެ އިތުބާރުކުރެވިދާނެ ނިސްބަތް ދައްކައިދިނުމުގެ ގޮތުން ހެކި ހުށަހެޅުމުގެ އުސޫލަށް، ނުވަތަ އެ އިތުބާރު ނަފީކުރުމުގެ ގޮތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ އުސޫލަށެވެ.
"އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަންގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ އިލެކްށަންސް ކޮމިށަނަށެވެ.
"އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ ށަކުވާ ބަލައިގަތުމަށް ގާއިމުކޮށްފައިވާ ޔުނިޓްތަކަށެވެ.