ގާނޫނީ ރަދީފު
"މެގަ ޕްރޮޖެކްޓް" ނުވަތަ ("ބިޔަ މަށްރޫއު") ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން އެ މަށްރޫޢަކީ ބިޔަ މަށްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަށްރޫއުތަކަށެވެ.
"މެސެޖު" ނުވަތަ "ޑޭޓާ މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތަކަށެވެ.
"މެސެޖު އެޑްރެސްކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އޮރިޖިނޭޓަރު ފޮނުވި އިލެކްޓްރޯނިކް މުއާސަލާތް ރައްދުކުރުމަށް އޮރިޖިނޭޓަރު ގަސްދުކުރާ ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި، އެ އިލެކްޓްރޯނިކް މުއާސަލާތާ ގުޅިގެން މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެއް ނުހިމެނޭެއެވެ.
"މެސެޖް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅިގެން އެކި ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށެވެ.
"މެޑިކަލް ރިކޯޑު" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތާއި، ކުރެވޭ ތަހުލީލުތަކުގެ ނަތީޖާތަކާއި، ހޯދުންތަކާއި، ދެވޭ ފަރުވާ ހިމެނޭގޮތުން ހިދުމަތް ދިނުމުގެ ތެރޭގައި ބަލިމީހާއާ ބެހޭގޮތުން ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ރައްކައުކުރެވޭ އެންމެހައި މައުލޫމާތަށެވެ.
"މެޑިކަލް އިކުއިޕްމަންޓްސް" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ފަރުވާ ދިނުމުގައި ބޭނުންކުރާ އެންމެހައި އާލާތްތަކަށެވެ.
"މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް ލެބޯރަޓަރީގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.
"މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރީ ބޭހުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
"މެޓަޑޭޓާ" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބާބެހޭ އިތުރު މައުލޫމާތަށެވެ. މީގެ ތެރޭގައި، މައުލޫމާތު އެއްކުރި ގޮތާއި، ޑޭޓާގެ ފެންވަރު ހާމަކޮށްދޭ މައުލޫމާތާއި، ސާމްޕަލް ނެގުމާއި ކޯޑުކުރުމުގައި ގެންގުޅެފައިވާ އުސޫލުތައް ފަދަ އިތުރު ތަފުސީލުތައް ހިމެނެއެވެ.