-

މެލްޕްރެކްޓިސް (ބާ އިމްތިހާނާއި ގުޅޭ)

"މެލްޕްރެކްޓިސް" ކަމަށް ބުނެފައި އެވަނީ، ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތަކުން އިމްތިހާނު ފެށުމުގެ ކުރިން ނުވަތަ އިމްތިހާނުގެ ތެރެއިން ނުވަތަ އިމްތިހާނު ނިމުމަށްފަހު، ބާ އިމްތިހާނާ ގުޅޭގޮތުން، ބާ ކައުންސިލުން އާންމުކޮށްފައިވާ އުސޫލަކާ ހިލާފުވުމުގެ ސަބަބުން، އިމްތިހާނުގައި ބައިވެރިވާ ފަރާތަށް، ނުވަތަ އިތުރު ތިންވަނަ ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ގޮތުން، ނުވަތަ ބާ އިމްތިހާނުގައި ހިމެނޭ ސުވާލުތައް އެއްވެސް ފަރާތަކާއެކު ހިއްސާކުރުމާއި، ސުވާލުތަކުގެ ކޮޕީއެއް ހޯދުން ނުވަތަ ހޯދަން މަސައްކަތް ކުރުމުގެ ގޮތުން ހިންގޭ ކޮންމެ އަމަލަކަށެވެ.