ގާނޫނީ ރަދީފު
"މެނޭޖްމަންޓް ރެޖިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގައި ގާނޫނީގޮތުން ތަންފީޒީ ބާރު ލިބިގަތުމަށް ޓަކައި ވަކި ގަވާއިދެއް އެކުލަވައިލަންޖެހޭ (މި ސަރަހައްދުގެ ފީ ނެގުމާއި، ހުއްދަ ދޫކުރުމާއި، ޖޫރިމަނާ/ފިޔަވަޅުއެޅުން ފަދަ) ކަންކަމުގައި އެކުލަވައިލެވޭ، މި ސަރަހައްދަށް ހާއްޞަ މެނޭޖްމަންޓް ގަވާއިދަށެވެ.
"މެނޭޖްމަންޓް ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33) 95 ވަނަ މާއްދާގެ ދަށުން އެއްމެދު އިމާރާތެއްގެ އާންމު ތަންތަނާއި އާންމު ވަސީލަތްތައް ބެލެހެއްޓުމަށް، އެ އިމާރާތެއްގެ ހުރިހާ ޔުނިޓުތަކުގެ މިލްކުވެރިންގެ މެދުގައި އުފައްދާ ކޯޕަރޭށަނަކަށެވެ.
"މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގެ ލަނޑުދަނޑިތަކާއި، މަގުސަދުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި، މި ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށް، މި ކަންކަން ކުރާނެ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މި ހުރިހާ ކަމަކަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިގު މުއްދަތުގެ (އާންމުގޮތެއްގައި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ) ސްޓްރެޓަޖީއަކާއެކު އެކުލަވައިލެވޭ ރަސްމީ ޕްލޭނަށެވެ.
"މެނޭޖްމަންޓް ޕްލޭން" ކަމުގައި ބުނެފައި އެވަނީ، ގުދްރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރާނެ، އުސޫލުތަކާއި، އެ ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި، ނުކުރެވޭނެ ކަންކަން ބަޔާންކޮށް މިކަންކަން ކުރާނެ އުސޫލުތަކާއެކު، މި ހުރިހާ ކަމަކަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައިފައިވާ ޕްލޭން.
"މެންބަރު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތް ހޯދުމަށް ގައުމީ ކުތުބުހާނާގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
"މެންބަރުންގެ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފަރާތުގެ އެންމެހައި މައުލޫމާތު ހިމެނޭގޮތުންނެވެ.
"މެންޓަރިންގ މެންބަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮމިށަނަށް އައްޔަނުކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ ތެރެއިން ކޮމިށަނުގެ ކޮންމެ ޑިޕާޓްމަންޓެއްގެ މަސައްކަތްތަކަށް ލަފާދިނުމަށް އެ ޑިޕާޓްމަންޓަކަށް އެވަގުތަކު ކަނޑައަޅައިފައިވާ މެންބަރަށެވެ.
"މެރިން ގައިޑުން" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް މެނޭޖްމަންޓް ޔުނިޓުން ހިންގާ ތަމްރީނު ޕްރޮގްރާމުން ފާސްވެގެން، މެރިން ގައިޑު ކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެވެ.
"މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، މި ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.
"މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، އެ ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.
"މެކްރޯއިކޮނޮމިކް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދުގެ ސިއްހަތު ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ މިންގަނޑުތަކާ ގުޅޭ ހިސާބުގެ އަދަދުތަކަށެވެ.
"މެކްރޯއިކޮނޮމިކްސް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދުގެ ސިއްހަތު ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ މިންގަނޑުތަކަށެވެ.