ގާނޫނީ ރަދީފު
"ކޮމްޕިޓެންސީ ޕްރޮފައިލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާބިލުކަން ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށް މިނިސްޓްރީން ތައްޔާރުކުރާ ލިޔުމަށެވެ.
"އާންމު ހާލަތު" ނުވަތަ "ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާއަށް ށަރުތު ހަމަވާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ކުރިމަތިލައި،ނުކުޅެދުންތެރިކަން ނުހުންނަ މީހުންނާ ވާދަކޮށްގެން ވަޒީފާގެ ފުރުސަތު ހޯދުމަށެވެ.
"ކޮމްޕްރަބިލިޓީ އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކީ ކުރެވޭ މުއާމަލާތެއްގައި ހުންނަ އިކޮނިމިކަލީ ރެލަވަންޓް ސިފަތައް ދެނެގަތުމަށްފަހު، މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ހުންނަ އެފަދަ ސިފަތަކާ އަޅައިކިއުމަށެވެ. މީގެ ތެރޭގައި، ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ހުރި އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ނެތް ކަންކަން، އަދި ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ނެތް އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލާތެއްގައި ހުރި ކަންކަން ބެލުން ހިމެނެއެވެ.
"ކޮމްޕްލައިންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ބިލްޑިންގ ކޯޑުގެ ދަށުން އެކުލަވައިލެވޭ، އިމާރާތްކުރުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނިފައިވާ ލިޔެކިޔުންތަކަށެވެ.
"ކޮމްޕްލަޔަންސް ސްޓޭޓްމަންޓް" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ގަވާއިދުގައި ކަނޑައަޅައިފައިވާ ސުންގަޑިއަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއަކަށް އަމިއްލަ ވިޔަފާރިތައް ހިނގާ ނުހިނގާ ގޮތް ދެނެގަތުމަށް ހުށަހަޅާ މައުލޫމާތު ފޯމަށެވެ.
"ކޮމްޕްލެއިންސް ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ކޮމްޕްލެއިންސް ކޮމިޓީއަށެވެ.
"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނ،ީ ވޯޓު ފޮށީގެ ވެރިޔާއަށެވެ.
"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.
"ކޮލިފައިން ލޯ ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކަށް ފެތޭ ގާނޫނީ ޑިގްރީއަށެވެ.
"ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ އެއްބަސްވުމަށެވެ.
- ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައިވާ ޖުރިސްޑިކްށަންތަކެއް ތަމްސީލުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވުން؛ އަދި
- އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްށަންތަކުގެ މެދުގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އޮޓޮމެޓިކުން ބަދަލުކުރުމަށް ލާޒިމުކުރާ އެއްބަސްވުމެއް ކަމުގައިވުން.